Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 6:10 - ކިތާބުލް މުޤައްދަސާ

10 އެހެންކަމުން މާތްރަސްކަލާނގެ ފޮށިކޮޅު އެކަލޭގެފާނުގެ އަވަށަށް ނުގެންދެވިއެވެ. އެކަލޭގެފާނު އެ ފޮށި ކޮޅު ގެންދެވީ ޖައްތުން އައިސް ހުރި ޢޫބީދު އަދޫމްގެ ގެޔަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 6:10
11 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު ޖައްތުގެ އިއްތާއީ ގާތު ވިދާޅުވިއެވެ. ”⁠ކަލޭ އަހަރެމެންނާއެކު ދަނީ ކީއްކުރަން؟ ކަލޭ އާ ރަސްގެފާނަށް ޚިދުމަތް ކޮށް ދޭން އެތާ މަޑު ކޮށްލަންވީނު؟ ކަލޭ ތީ ބީރައްޓެހި ޤައުމެއްގެ މީހެއްނު؟ މިއީ ކަލޭގެ ރަށެއް ވެސް ނޫނެއްނު؟


ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.⁠“


ބައިރޫތުގައި އުޅުނު އެންމެން އެރަށުން ފައިބައިގެންގޮސް މިހާރު އުޅެނީ ބީރައްޓެހިންގެ ގޮތުގައި ޖައްތީމްގައެވެ.


އެކަމަކު ދާއޫދުގެފާނު ވަޑައިގެން ޞިޙްޔޫނުގެ ކިއްލާ ހިއްޕަވައިފިއެވެ. އެއީ މިހާރު ”⁠ދާއޫދުގެ ސަހަރު⁠“ އެވެ.


ދާއޫދުގެފާނު އެސަހަރުގެ ކިއްލާ ހިއްޕަވައި އެތަނުގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ. ދެން އެ އަވަށަށް ”⁠ދާއޫދުގެ އަވަށް⁠“ މިހެން ނަންދީފިއެވެ. ދެން އެތަނުގެ ވަށައިގެން އޮންނަ މިއްލޫ އޭ ކިޔާ ހިސާބު ބޭރުން އެތެރެއަށް ޢިމާރާތް ކުރައްވައި އާބާދު ކުރައްވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ