Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 5:7 - ކިތާބުލް މުޤައްދަސާ

7 އެކަމަކު ދާއޫދުގެފާނު ވަޑައިގެން ޞިޙްޔޫނުގެ ކިއްލާ ހިއްޕަވައިފިއެވެ. އެއީ މިހާރު ”⁠ދާއޫދުގެ ސަހަރު⁠“ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 5:7
27 ပူးပေါင်းရင်းမြစ်များ  

ހަނގުރާމައަށް ދިޔަ ދުވަހު ދާއޫދުގެފާނު އެކަލޭގެފާނުގެ މީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން އަދާވާތްތެރި ޔަބޫސީން ބަލިކޮށްލަން ބޭނުންނަމަ ފެނުގެ ހޮހަޅައިގެ ތެރެއިން ލާފަ އެރަށަށް އަރާ! އެތަނުން ކަލޭމެންނަށް ލޯފަން މީހުންނާއި ކޮރު މީހުންނާ ހަމަޔަށް ދެވޭނެ.⁠“ އޭގެ ފަހުން ”⁠ނުކުޅެދޭ ކަނުމީހުންނަކަށް ގަނޑުވަރަކަށް ނުވަދެވޭނެޔޭ⁠“ މިހެން ކިޔައިގެން މީހުން ބަސްބުނެ އުޅުނެވެ.


ދާއޫދުގެފާނު އެސަހަރުގެ ކިއްލާ ހިއްޕަވައި އެތަނުގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ. ދެން އެ އަވަށަށް ”⁠ދާއޫދުގެ އަވަށް⁠“ މިހެން ނަންދީފިއެވެ. ދެން އެތަނުގެ ވަށައިގެން އޮންނަ މިއްލޫ އޭ ކިޔާ ހިސާބު ބޭރުން އެތެރެއަށް ޢިމާރާތް ކުރައްވައި އާބާދު ކުރައްވައިފިއެވެ.


އެހެންކަމުން މާތްރަސްކަލާނގެ ފޮށިކޮޅު އެކަލޭގެފާނުގެ އަވަށަށް ނުގެންދެވިއެވެ. އެކަލޭގެފާނު އެ ފޮށި ކޮޅު ގެންދެވީ ޖައްތުން އައިސް ހުރި ޢޫބީދު އަދޫމްގެ ގެޔަށެވެ.


މިވާހަކަ މީހުން އައިސް ދާއޫދުގެފާނަށް ދަންނަވައިފިއެވެ. ”⁠ޢޫބީދުގެ އަދޫމްގެ އާއިލާއަށާއީ އޭނާގެ މިލްކުގައިވާ ހުރިހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ފަޟުލުވަންތަކަން ލިބެމުން އެބަދޭ. އެއީ މާތްކަލާނގެ ފޮށިކޮޅު އެގޭގައި ހުންނާތީ.⁠“ އެހެންވެ ދާއޫދުގެފާނު އުބައިދު އަދޫމުގެއަށް ވަޑައިގެން އެފޮށިކޮޅު އެގެއިން ނެރުއްވައިގެން ދާއޫދުގެ ސަހަރަށް ގެންދަވައިފިއެވެ. އެކަލޭގެފާނު ހުންނެވީ ވަރަށް އުފާފުޅުންނެވެ.


މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


އެކަމަކު ކަލޭމެން މިހާރު އައިސް ތިޔަތިބީ ޞިޙްޔޫނު ފަރުބަދަމަތީގައެވެ. އެއީ ދިރިދެމިވޮޑިގެންވާ ކަލާނގެ ރަށެވެ. އެއީ އުޑުގައިވާ ޖެރޫސަލަމެވެ. އެއީ އަދަދު ނުކުރެވޭހާ މަލާއިކަތުން އުފާވެރިކަމާއެކު ބައްދަލު ކުރައްވަމުން ގެންދަވާ ތަނެވެ.


އެއަށް ފަހު، އަހަރެން ބަލާލީމެވެ. އަދި ޞިޙްޔޫނު ފަރުބަދައިގައި ޤުރުބާން ކުރެވުނު ޅަކަންބަޅި ކޮއްޅަށް ހުއްޓައި އަހަރެން ދުށީމެވެ. އެކަލޭގެފާނާއި އެކުގައި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ވިއެވެ. އަދި އެބައިމީހުންގެ ނިތްކުރިތަކުގައި އެކަލޭގެފާނުގެ ނަންފުޅާއި، އަދި އެކަލޭގެފާނުގެ މަތިވެރި ބައްޕާފުޅުގެ ނަންފުޅު ލިޔެވިގެން ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ