2 ޞަމޫއީލް 5:3 - ކިތާބުލް މުޤައްދަސާ3 އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ. အခန်းကိုကြည့်ပါ။ |
އަބްނައިރު ދާއޫދުގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިދަނީ އިސްރާއީލުގެ އެންމެން ކަލޭގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމުގެ ކަންތައް ހަމަ ޖެއްސުމަށް. އެއީ ކަލޭގެފާނާއެކު އެމީހުން މުޢާހަދާއެއް ކުރާނެ ގޮތް މެދުވެރި ކުރުމަށް. ކަލޭގެފާނު ހިތްޕުޅާވާ ބައެއްގެ މައްޗަށް ވެރިކަން ހިންގަވާ!“ ދެން ދާއޫދުގެފާނު ސަލާމަތްކަމާއެކު އަބްނައިރު ދިޔަ ދެއްވިއެވެ.
ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.