Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 5:19 - ކިތާބުލް މުޤައްދަސާ

19 ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”⁠މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟⁠“ މާތްރަސްކަލާނގެ ދާއޫދުގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެފާނު ފިލިސްޠީނީންގެ މައްޗަށް ބާރުވެރި ކޮށް ކަލޭގެފާނަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 5:19
12 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ޔަހޫޛާގެ އަވަށަކަށް ދާންވީ ތޯ؟⁠“ މާތްރަސްކަލާނގެ އެންގެވިއެވެ. ”⁠ދޭ!⁠“ ދާއޫދު ދެންނެވިއެވެ. ”⁠އަޅުގަނޑު ދާންވީ ކޮން ރަށަކަށްތޯ؟⁠“ ”⁠ޙަބްރޫނަށް ދޭ!⁠“ މާތްރަސްކަލާނގެ އެންގެވިއެވެ.


މިވާހަކަ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ ދާއޫދުގެފާނަށް އެންގެވިއެވެ. ”⁠އެތަނަށް ނުދޭ. ފިލިސްޠީނުންގެ ފައުޖުގެ ފުރަގަހުން ގޮސް ބަލްސާން ގަސްތަކުގެ ކުރިމަތިން ހަމަލަ ދީ.


ދަރިފުޅާއެވެ! އަބަދުވެސް ހިނގަންވާނީ އެކަލާނގެ ރުހިވޮޑިގަންނަވާ މަގުންނެވެ. އެކަލާނގެ ކަލޯއަށް ސާފުސީދާ ތެދުމަގު ދައްކަވާނެއެވެ.


އެހެންވީމާ ކަލޭމެން މިފަދައިން ބުނުމުގައިވާށެވެ. ”⁠މާތްރަސްކަލާނގެ އިރާދަ ކުރެއްވުމުން އަހަރެމެންނަށް ޙަޔާތު ވޭތުކުރެވޭނޭ. އަހަރެމެން ގޮސް މިކަންތައްތައް ނޫނީ އެކަންތައްތައް ކުރުމުގައި ވާނަމޭ.⁠“


އަޅުގަނޑު އޭނާއަށް މަދަދު ދެއްވުން އެދި މާތްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދިން އެއަކީ ފުރަތަމަ ފަހަރެއް ވެސް ނޫން އިނގޭތޯ؟ އޭނާ މަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމެއް މަނިކުފާނުގެ ޚާދިމު އަޅުގަނޑަކަށް ވެސް އަދި އަޅުގަނޑުގެ ތިމާގެ މީހަކަށް ވެސް އެނގިއެއް ނެތް!⁠“


ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.⁠“


ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.⁠“


އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ