10 މިހާރު ދާއޫދުގެފާނުގެ ބާރުފުޅު ގަދަވަމުން ދިޔައެވެ. އެހެނީ އެކަލޭގެފާނާއެކު ކުޅަދުންވަންތަ މަތިވެރިރަސްކަލާނގެ ވޮޑިގެން ވޭމެއެވެ.
އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.
ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދެ އާއިލާ ދެމެދު މި ފެށުނު ހަނގުރާމަ ދިގު މުއްދަކަށް ދެމިގެން ދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް ދާއޫދުގެފާނުގެ ބާރު ފުޅު ގަދަވެ ޝާއުލްގެފާނުގެ އާއިލާ ބަލިކަށިވަމުން ދިޔައެވެ.
ކަލޭގެފާނު ވަޑައިގަތް ކޮންމެ ތަނެއްގައި ތިމަންކަލާނގެ ވޮޑިގެންވީމޭ. އަދި ކަލޭގެފާނުގެ ލޯމަތީގައި ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރެއްވީމޭ. މިހާރު ތިމަންކަލާނގެ ކަލޭގެފާނުގެ ނަން ދުނިޔޭގެ ނަން މަތިވެރި މީހުންގެ ނަމާ އެއްވަރަށް އުފުއްލަވާނަމޭ.
އެކަލޭގެފާނު އަދޫމްގައި ވެސް ސިފައިންގެ ބައިގަނޑެއް ބައިތިއްބެވިއެވެ. އެއާއެކު އަދޫމީންގެ އެންމެން ވެސް ދާއޫދުގެފާނުގެ ބާރުފުޅުގެ ދަށަށް ހިނގައްޖެއެވެ. އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ތަނަކުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ފަތަޙަ ދެއްވިއެވެ.
އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.
ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.
އީސާގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިއެވެ. އަދި ވިސްނުންތެރިކަން ލިބިވަޑައިގެން އެކަލޭގެފާނު ބޮޑުފުޅުވެ ވަޑައިގެންނެވިއެވެ.
މާތްރަސްކަލާނގެ ޝާއުލްގެފާނު ދޫކުރައްވައި ދާއޫދާއި އެކުގައި ވޮޑިގެންވާތަން ފެނުމުން އެކަލޭގެފާނު ހުންނެވީ ވަރަށް ބިރުފުޅު ގެންފައެވެ.
ދާއޫދު ދިޔަ ކޮންމެ ހަނގުރާމައެއް ވެސް ކާމިޔާބު ވެއެވެ. އެހެނީ މާތްރަސްކަލާނގެ ވަނީ އޭނާއާ އެކުގައެވެ.
އޭގެ ފަހުން ވެސް ދާއޫދު ފޮނުވުނު ކޮންމެ ހަނގުރާމައެއް ވެސް ކުޅަދާނަ ކަމާއެކު އޭނާ ކާމިޔާބު ކުރިއެވެ. އެހެންކަމުން ރަސްގެފާނު އޭނާއަށް ސިފައިންގެ މަތީ މަޤާމު ދެއްވިއެވެ. އެކަމާ ސިފައިންގެ ހުރިހާ މަޤާމެއްގެ އެންމެނާއި ރަށުގެ ހުރިހާ އެންމެން ވެސް ތިބީ ވަރަށް އުފާވެފައެވެ.