2 ޞަމޫއީލް 4:8 - ކިތާބުލް މުޤައްދަސާ8 ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!“ အခန်းကိုကြည့်ပါ။ |
ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!
މީހަކު އައިސް ދާއޫދުގާތު ބުނެއްޕެވެ. ”މާތްރަސްކަލާނގެ ކަލޭގެފާނަށް އެދުވަހަކާ މެދު ވަޢުދު ކުރެއްވި ދުވަސް މިއޮތީ އައިސްފަ. އެކަލާނގެ އެންގެވިއެއް ނޫންތަ ކަލޭގެ އަދާވާތްތެރިންނަށް ކަލޭ ހަދާނެ ގޮތެއް ހެދުމަށް ކަލެއާ ހަވާލު ކުރައްވާނަމޭ.“ ދެން ދާއޫދު ސިއްރު ސިއްރުން ގޮސް ޝާއުލްގެފާނުގެ ހެދުންކޮޅުގެ ފަސްބައިން ތަންކޮޅެއް ކަނޑައިގެން ގެންގޮސްފިއެވެ.
ސާހިބުގެ ފުރާނައަށް ގެއްލުން ދީ އަނިޔާއެއް ކުރަން އަންނަ މީހެއްގެ ކިބައިން، މީހަކު ޚަޒާނާއެއް ފޮރުވައި ރައްކާ ކުރާނެ ފަދައިން، ސާހިބުގެ އިލާހު، މާތްރަސްކަލާނގެ ސާހިބަށް ސަލާމަތްތެރިކަން ދެއްވައި ހިމާޔަތް ކުރައްވާށި. އަދި އެ ނިޔަތުގައި އަންނަ މީހަކު ސާޅަގައަކަށް ލައި ދޫކޮށްލެވޭ ފަދައިން ހޫރާ ލައްވާށި.