5 އެއްދުވަހަކު ބައިރޫތުގެ ރިއްމޫންގެ ދެ ދަރިން ކަމަށްވާ ރިކާބުއާއި ބަޢްނާ އިޝްބޫސަތުގެ ގެއަށް ދިޔައެވެ. އެމީހުން އެގެއަށް އައީ ހޫނު މެންދުރަކު އެވެ. އޭރު އިޝްބޫޝަތަށް އޮތީ ނިދިފައެވެ.
އެއްދުވަހަކު މެންދުރުފަހު އަވަހާރަފުޅުން ތެދުވެ ވަޑައިގެން ގަނޑުވަރުގެ މަތީބުރީ ހާމަތަނަކަށް ނުކުމެވަޑައިގެން ދެކޮޅަށް ހިންގަވަން ހުންނެވިއެވެ. އެކަލޭގެފާނު އެތާ މަތީ ހުންނަވަނިކޮށް ފެންވަރަން ހުރި އަންހެނަކު ފެނިވަޑައިގަތެވެ. އެއީ ވަރަށް ރީތި އަންހެނެކެވެ.
އެ ހިނދު ޝާއުލްގެފާނުގެ ދަރިކަލެއް ކަމަށްވާ އިޝްބޫސަތު ގޮވައިގެން ނައިރުގެ ދަރި އަބްނައިރު މަޙަނާއިމު އަވަށަށް އަތުވެއްޖެއެވެ. އަބްނައިރު އަކީ ޝާއުލްގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރި މީހާއެވެ.
އެދުވަސްވަރު އިޝްބޫސަތުގެ ލަޝްކަރުގެ ކުއްލި ހަމަލަދޭ ސިފައިންގެ އިސް ވެރިންގެ ގޮތުގައި ބައީރޫތުގެ ރިއްމޫންގެ ދެ ދަރިން ކަމަށްވާ ރިކާބު އާއި ބަޢްނާ އުޅެއެވެ. މިއީ ބަންޔާމީންގެ އާއިލާގެ ބައެކެވެ. އޭރު ބައިރޫތަކީ ބަންޔާމީން ސަރަހައްދުގެ ތެރޭ ހިމެނޭ ރަށެކެވެ.