Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 4:4 - ކިތާބުލް މުޤައްދަސާ

4 (އޭރު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ފިރިހެންދަރިއަކު ހުރެއެވެ. މި ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން މިކުއްޖާއަކީ ނުކުޅެދޭ ކުއްޖެކެވެ. މިކަން މިހެން ދިމާވީ ޔަޒްރަޢީލުގައި ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވީ ޚަބަރު ލިބުމުން އެކުއްޖާ ބަލަހައްޓާ އާޔާ އެކުއްޖާ ކިހިލިޖަހައިގެން ދުއްވައިގަތުމުން އެ ކުއްޖާ ވެއްޓި ދެ ފަޔަށް އަނިޔާވެ ނުކުޅެދޭ ކުއްޖަކަށް ވީއެވެ. މި ކުއްޖާގެ ނަމަކީ މަފީބޫޝަތު އެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 4:4
10 ပူးပေါင်းရင်းမြစ်များ  

އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ.


މަފީބޫޝަތަކީ ކޮރު މީހެކެވެ. އޭނާ ދިރިއުޅެނީ ޖެރޫސަލަމުގައެވެ. އަދި އޭނާ ހުރިހާއިރަކު ވެސް ކައިހަދަނީ ރަސްގެފާނުގެ މޭޒުކޮޅުންނެވެ.


ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގައި ހަމަ އެއްވެސް ދަރިޔަކު ނެތީތަ؟ އެމީހަކަށް މާތްކަލާނގެ އޯގާވެރިކަން ދައްކައިދޭން އަހަރެން ބޭނުން.⁠“ ސީބާ ދެންނެވިއެވެ. ”⁠ޔޫނަތައިންގެ ފިރިހެން ދަރިޔަކު އަދިވެސް ދުނިޔޭގައި އެބަހުރި. އޭނާއަކީ ދެފައި ކޮރު މީހެއް.⁠“


ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ތީ މަފީބޫޝަތުތަ؟⁠“ މަފީބޫޝަތު ދަންނަވައިފިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.⁠“


ފިލިސްޠީނުންގެ ލަޝްކަރު އޭރު އޮތީ އަފީޤަށް ޖަމާވެފަ އެވެ. ބަނީއިސްރާއީލުގެ ލަޝްކަރު އޮތީ ޔަޒްރަޢީލުގެ އޮހޭފެންގަޑުގެ ކައިރީގަ އެވެ.


ދާއޫދާއި އޭނާގެ މީހުން ހެނދުނު ހެނދުނާ، އޭނާ ދިރިއުޅޭ ފިލިސްޠީނުންގެ ރަށަށް ހިނގައްޖެއެވެ. ފިލިސްޠީނުން ޔަޒްރަޢީލާ ދިމާއަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ