Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 4:12 - ކިތާބުލް މުޤައްދަސާ

12 ދެން ދާއޫދުގެފާނު އަމުރުފުޅަށް އެކަލޭގެފާނުގެ މީހުން އައިސް އެދެމީހުން މަރާލައި އަތާއިފައި ބުރިކޮށް ޙަބްރޫންގެ ފެންގަނޑުގެ ކާރީގައި އެލުވައިފިއެވެ. ދެން އެމީހުން އިޝްބޫސަތުގެ ބޯބުރި ޙަބްރޫންގައި އަބްނައިރު ވަޅުލި ގަބުރުސްތާނުގައި ވަޅުލައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 4:12
8 ပူးပေါင်းရင်းမြစ်များ  

ދާއޫދު ބުންޏެވެ. ”⁠ކަލޭ އަމިއްލަ އަނގައިން ތިޔަ އިޢުތިރާފްވީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކު މަރާލި ކަމަށް. އެހެން ކަމުން ކަލެއަށް މަރު ޙައްޤުވެއްޖެ.⁠“ ދެން ދާއޫދު އެތާ ހުރި މީހަކަށް އެންގިއެވެ. ”⁠މީނާ މަރާލާ!⁠“ ދެން އޭނާ އެ ޢަމާލިޤީގެ މީހާ މަރާލައިފިއެވެ.


މާތްރަސްކަލާނގެ ކަލެއަށް މިއަދު ތި ދެއްވަނީ އެކަމުގެ ސަޒާ. ކަލޭ ތީ ޝާއުލްގެފާނުގެ އާއިލާގެ ދުވަސް ދުއްވާލި މީހާ. އަދި ކަލޭ އެކަލޭގެފާނުގެ ރަސްކަން ވެސް ފޭރިގަތް. މިހާރު ކަލެއަށް ތި ފެންނަނީ އެކަމުގެ ހިތި. މާތްރަސްކަލާނގެ ކަލޭގެ ރަސްކަން ކަލޭގެ ދަރި އަބްޝާލޫމަށް އެ ދެއްވީ ކަލޭ ތިއީ މީހުން މަރާ މީހެއް ވީމާ.⁠“


އެ ހިނދު ޝާއުލްގެފާނުގެ ދަރިކަލެއް ކަމަށްވާ އިޝްބޫސަތު ގޮވައިގެން ނައިރުގެ ދަރި އަބްނައިރު މަޙަނާއިމު އަވަށަށް އަތުވެއްޖެއެވެ. އަބްނައިރު އަކީ ޝާއުލްގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރި މީހާއެވެ.


މި ހަތް މީހުން ދާއޫދުގެފާނު ޖިބްއޫނީންނާ ހަވާލު ކުރައްވައިފިއެވެ. ޖިބްއޫނީންގެ މީހުން އެމީހުން ގޮވައިގެން ޖިބްއަތު ފަރުބަދަ މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން މާތްރަސްކަލާނގެ ކުރިފުޅުމަތީ ދަންޖައްސާލެވިއްޖެއެވެ. އެ ހަތްމީހުން އެއްފަހަރާ މަރުވެއްޖެއެވެ. މިކަންތައް ހިނގީ ބަހާރުމޫސުމުގައި ބާރުލީ ގޮވާން ކަނޑާ ދުވަސްވަރު އައިތަނާ ކާރީގައެވެ.


ދެން އެމީހުން ޙަބްރޫންގައި އަބްނައިރު ވަޅުލައިފިއެވެ. ދާއޫދުގެފާނު އެ ގަބުރުސްތާނުގައި ހުންނަވައި ހަރު އަޑުން ކީރިތި ކުރެއްވިއެވެ. އަދި ދެންތިބި މީހުން ވެސް ބާރަށް ރުއެވެ.


މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ