Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:9 - ކިތާބުލް މުޤައްދަސާ

9-10 ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:9
16 ပူးပေါင်းရင်းမြစ်များ  

ޢަމާސާގެ ގާތު ބުނޭ، ’⁠ކަލެއަކީ އަހަރެންގެ އާއިލާގެ މީހެއް ނޫންހޭ؟ ކަލޭ ޔުއާބުގެ ބަދަލުގައި ހަނގުރާމަވެރިންގެ ވެރިޔަކަށް އިސްނުކޮށްފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠‘⁠“


މި ބަސްތަކުން ދާއޫދުގެފާނު ޔަހޫޛާގެ އެންމެހައި މީހުންގެ ހިތްތައް އަތުލައްވައިފިއެވެ. އެހެންވެ އެ އެންމެން އެކު އެކީގައި މިކަމާ ރުހިއްޖެއެވެ. އެހެނީ އެއެންމެނަކީ ވެސް އެއްބައެކެވެ. ޔަހޫޛާގެ މީހުން ދާއޫދުގެފާނަށް ޚަބަރު ފޮނުވައިފިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނާއި ކަލޭގެފާނުގެ އެންމެން އެނބުރި ވަޑައިގަންނަވާ!⁠“


އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“


އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!⁠“


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ މަރާ ނުލައިފި ނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.⁠“


ދެން ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނުގެ ރަސްކަން މިއަދު މާތްރަސްކަލާނގެ ވީދާ ލައްވައިފި. އިސްރާއީލުގެ ރަސްކަމަށް މިރަށާ އިންވެގެން އޮތް ރަށުން މީހަކު އެކަލާނގެ ހަމަޖައްސަވައިފި. އެއީ ކަލޭގެފާނަށް ވުރެން ރަނގަޅު މީހެއް.


މާދަމާ އިރު އަރާއިރަށް އެކަލޭގެ ގެންގުޅޭ އެންމެ ފިރިހެނަކު ދިރި ހުއްޓަސް މާތްކަލާނގެ މި ދާއޫދުގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“


މާތްރަސްކަލާނގެ ވަނީ އެކަލާނގެ އެކަންތައް ކުރައްވަން ހިންމެވި ގޮތް އަޅުގަނޑަށް އަންގަވާފައި. އެކަލާނގެވަނީ ކަލޭގެފާނުގެ ރަސްކަން ނަންގަވައި ކަލޭގެފާނުގެ އަވަށްޓެރިއެއް ކަމަށްވާ ދާއޫދަށް ދެއްވާފައި.


”⁠ކީކޭތަ މާތްކަލާނގެ އެންގެވީ؟⁠“ ޢާލީ އެއްސެވެ. ”⁠އެކަލާނގެ އެންގެވި އެއްވެސް ކަމެއް މަށަށް ފޮރުވައިފި ނަމަ މާތްކަލާނގެ ކަލޭގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ