6 ޝާއުލްގެފާނުގެ އާއިލާގެ މީހުންނާއި ދާއޫދުގެފާނުގެ އާއިލާގެ މީހުންގެ ދެމެދުގައި މި ކުރެވުނު ހަނގުރާމައިގެ ސަބަބުން ޝާއުލްގެފާނުގެ ގާތް މީހުންގެ ތެރޭގައި އަބްނައިރުގެ ބާރު ގަދަވެފައިވެއެވެ.
ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދެ އާއިލާ ދެމެދު މި ފެށުނު ހަނގުރާމަ ދިގު މުއްދަކަށް ދެމިގެން ދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް ދާއޫދުގެފާނުގެ ބާރު ފުޅު ގަދަވެ ޝާއުލްގެފާނުގެ އާއިލާ ބަލިކަށިވަމުން ދިޔައެވެ.
ހަވަނަ ދަރިކަލުންނަކީ ޔަތުރައާމް އެވެ. މި ދަރިކަލުންގެ މަންމައަކީ ޢަޖްލަތު އެވެ. މި ހަ ބޭފުޅުން ވެސް ލިބިވަޑައިގެންނެވީ އެކަލޭގެފާނު ޙަބްރޫނުގައި ހުންނަވަނިކޮށެވެ.
އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.
އަހަރެންނަށް ތާއީދު ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅުވެރި މީހެއް. އަދި އަހަރެންނާއި އެކުގައި މަސައްކަތް ނުކުރާ ކޮންމެ މީހަކީ އަހަރެންނާއި ދެކޮޅަށް މަސައްކަތް ކުރާ މީހެއް.
އެކަލޭގެފާނުގެ އަނބިކަނބަލުންނަކީ އަޚީމައަސްގެ ދަރި އަޚީނޫޢަމް އެވެ. އެކަލޭގެފާނުގެ ސިފައިންގެ ވެރިޔަކީ އަބްނައިރު އެވެ. އެއީ ޝާއުލްގެފާނުގެ ބޮޑުބޭބެ ނައިރުގެ ދަރިއެކެވެ.