Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:39 - ކިތާބުލް މުޤައްދަސާ

39 އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:39
30 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ ބެހޭ އެއްވެސް ކަމެއް ނެތް. ޝިމްޢީ އޭނާ އެގޮވާ އެއްޗެއް ގޮވުނަ ދީ. އެއީ މާތްރަސްކަލާނގެ އޭނާއަށް އަންގަވައިގެން ކުރާ ކަމެއް ކަމަށްވަންޏާ، ކާކަށްތަ ބުނެވޭނީ ’⁠އޭނާ އެ ގޮތަށް ކަންތައް ކުރަނީ ކީއްވެހޭ؟⁠‘⁠“


ޢަމާސާގެ ގާތު ބުނޭ، ’⁠ކަލެއަކީ އަހަރެންގެ އާއިލާގެ މީހެއް ނޫންހޭ؟ ކަލޭ ޔުއާބުގެ ބަދަލުގައި ހަނގުރާމަވެރިންގެ ވެރިޔަކަށް އިސްނުކޮށްފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠‘⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަހަންނާ ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ މިކަންތަކާ ހެދު ކަލޭމެން މިއަދު މަށާ ދެކޮޅުވަނީ ކީއްވެ؟ މިއަދު އިސްރާއީލުގެ އެއްވެސް މީހަކު މަރައިގެން ނުވާނެ. މިއަދަކީ އަހަރެން އިސްރާއީލުގެ ރަސްކަމަށް އިސް ވާ ދުވަސްކަމަށް ވާތީ އުފާފާޅުކުރަން ޖެހޭ ދުވަހެއް.⁠“


ދެން ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ ވަޒީރުންނަށް ވިދާޅުވިއެވެ. ”⁠މިއަދު މަރުވެގެން އެ ވެއްޓުނީ އިސްރާއީލުގެ ގަދަފަދަ ވެރިޔެއް ކަން ކަލޭމެންނަކަށް ނޭނގޭތަ؟


”⁠މީހަކު މީހަކަށް ހަމަލަދީ ގަސްތުގައި މަރާލައިފިނަމަ އެމީހަކު މަރާލަން ޖެހޭނެ.


ރަސްގެފާނު ނިޔާކަނޑައަޅާއިރު ހެކީންގެ ބަސްތަކަށް ބުރަވެއެވެ. އަދި ހެވާ ނުބައި ވަކިކޮށް ދެނެގަނެއެވެ.


ނުބައިމީހާ ރަސްގެފާނުގެ ދަރުބާރުން ނެރޭށެވެ. އެގޮތަކީ ރަސްގެފާނުގެ ރަސްކަން ދެމިހުންނަނީ އަދުލުވެރި ވުމުގެ މައްޗަށެވެ.


ކަފުލޮއިގެ މަސައްކަތްކުރާ އިސްކަންދަރު ވަރަށް އިހާނެތިކޮށް އަހަންނާއި މެދު އަނިޔާވެރި ވިއެވެ. މާތްސާހިބާ އޭނާގެ އަމަލުތަކަށް ޙައްޤު ޖަޒާ ދެއްވާނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ