Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:38 - ކިތާބުލް މުޤައްދަސާ

38 ދެން ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ ވަޒީރުންނަށް ވިދާޅުވިއެވެ. ”⁠މިއަދު މަރުވެގެން އެ ވެއްޓުނީ އިސްރާއީލުގެ ގަދަފަދަ ވެރިޔެއް ކަން ކަލޭމެންނަކަށް ނޭނގޭތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:38
7 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޝާއުލްގެފާނުގެ ދަރިކަލެއް ކަމަށްވާ އިޝްބޫސަތު ގޮވައިގެން ނައިރުގެ ދަރި އަބްނައިރު މަޙަނާއިމު އަވަށަށް އަތުވެއްޖެއެވެ. އަބްނައިރު އަކީ ޝާއުލްގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރި މީހާއެވެ.


ދެން އަބްނައިރު ދާއޫދުގެފާނު އަރިހަށް މިހެން ބުނެ މީހަކު ފޮނުވިއެވެ. ”⁠މި ބިންތަކުގެ ވެރިޔަކީ ކަލޭގެފާނު ނޫން ދެން ކޮންބޭކަލެއްތޯ؟ އަޅުގަނޑުގެ މުޢާހަދާއާއެކު ކުރިޔަށް ގެންދަވާ! އަޅުގަނޑު މުޅި އިސްރާއީލް ކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ގެނައުމަށް އެހީތެރިވެދޭނަން!⁠“


އެދުވަހު ނައިރުގެ ދަރި އަބްނައިރު މަރާލުމުގައި ދާއޫދުގެފާނުގެ އަތްޕުޅެއް ނުވާކަން އިސްރާއީލުގެ އެންމެންނަށް އެނގިއްޖެއެވެ.


އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!⁠“


ދާއޫދު ބުންޏެވެ. ”⁠ކަލޭ ތީވާ ވަރުގަދަ މީހެއް ދޯ؟ ކަލޭ ވަރުގެ ކުޅަދާނަ މީހަކު އިސްރާއީލުގައި ހުންނާނެތަ؟ ކަލޭގެ ސާހިބު ރަސްގެފާނު ކަލެއަކަށް ރައްކާތެރިއެއް ނުކުރެވުނެއް ނު؟ އެކަލޭގެފާނުގެ ދުވަސް ދުއްވާލަން މީހަކު އައިސްފައި އެދިޔައީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ