2 ޞަމޫއީލް 3:36 - ކިތާބުލް މުޤައްދަސާ36 ދާއޫދުގެފާނު މި ކުރެއްވި ކަންތައް އެމީހުން އުފަލާއެކު ފާހަގަ ކުރިއެވެ. އަދި އެނޫނަސް އެކަލޭގެފާނު ކުރައްވާ ހުރިހާ ކަމެއް ވެސް މީސްތަކުން ބަލައިގަންނަނީ ހިތްހަމަ ޖެހުމާއެކުގައެވެ. အခန်းကိုကြည့်ပါ။ |
އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!“