Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:35 - ކިތާބުލް މުޤައްދަސާ

35 އޭގެ ފަހުން މީހުން އައިސް ދާއޫދުގެފާނު އެއްޗެއް ފަރީއްކުޅުއްވާނެ ތޯ ދެންނެވިއެވެ. އޭރަކު އަދި އިރެއް ނުއޮއްސެވެ. އެއިރު ދާއޫދުގެފާނު ހުންނެވީ ހުވައެއްގެ މަތީގައެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ރޮށިކޮޅެއްވިޔަސް އަދި އެނޫން އެއްޗެއް ވިޔަސް އިރުގެ އަލިކަން ހުއްޓާ ކައިފިނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:35
13 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނާއި ޔޫނަތައިންއާއި މާތްރަސްކަލާނގެ ލަޝްކަރުގެ ގިނަ ބަޔަކާއި އިސްރާއީލުގެ ޤައުމުގެ އެތައްބަޔަކު މަރުވެ އެލިބުނު ބޮޑު ގެއްލުމާމެދު ހިތާމަކޮށް ރޮއި ދާއޫދުގެފާނާއި ދެންތިބި އެންމެން އެދުވަހު އިރު އޮއްސެންދެން ރޯދައަށް ތިބެއްޖެއެވެ.


ދާއޫދުގެފާނުގެ އަރިސްބޭކަލުން އައިސް އުޅެއުޅެވެސް އެކަލޭގެފާނު ބިންމަތިން ތެދުވެވަޑައިގަންނަވާނެ ގޮތެއް ނުވިއެވެ. އަދި އެއްޗެއް ފަރީއްކުޅުއްވާނެ ގޮތެއް ވެސް ނުވިއެވެ.


ކަލޭގެ އަތް ބަނދެވިފައެއް ނެތެވެ. ކަލޭގެ ފަޔަކު ހިލިހިލާއެއް ނެތެވެ. ކަލޭ މަރާ ވައްޓާލެވިފައި ވަނީ ނުލަފާ ގާތިލެއްގެ އަތުންނެވެ.⁠“ ދެން އެއެންމެން ވެސް ހަރުއަޑުން ރޯން ފަށައިފިއެވެ.


ދާއޫދުގެފާނު މި ކުރެއްވި ކަންތައް އެމީހުން އުފަލާއެކު ފާހަގަ ކުރިއެވެ. އަދި އެނޫނަސް އެކަލޭގެފާނު ކުރައްވާ ހުރިހާ ކަމެއް ވެސް މީސްތަކުން ބަލައިގަންނަނީ ހިތްހަމަ ޖެހުމާއެކުގައެވެ.


ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.⁠“


އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!⁠“


”⁠ކީކޭތަ މާތްކަލާނގެ އެންގެވީ؟⁠“ ޢާލީ އެއްސެވެ. ”⁠އެކަލާނގެ އެންގެވި އެއްވެސް ކަމެއް މަށަށް ފޮރުވައިފި ނަމަ މާތްކަލާނގެ ކަލޭގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ