2 ޞަމޫއީލް 3:32 - ކިތާބުލް މުޤައްދަސާ32 ދެން އެމީހުން ޙަބްރޫންގައި އަބްނައިރު ވަޅުލައިފިއެވެ. ދާއޫދުގެފާނު އެ ގަބުރުސްތާނުގައި ހުންނަވައި ހަރު އަޑުން ކީރިތި ކުރެއްވިއެވެ. އަދި ދެންތިބި މީހުން ވެސް ބާރަށް ރުއެވެ. အခန်းကိုကြည့်ပါ။ |
ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!“