Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:3 - ކިތާބުލް މުޤައްދަސާ

3 ދެވަނަ ދަރިކަލުންނަކީ ކަލްޔާބް އެވެ. އެދަރިކަލުންގެ މަންމައަކީ ކަރުމިލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް އެވެ. ތިންވަނަ ދަރިކަލުންނަކީ އަބްޝާލޫމްއެވެ. އެދަރިކަލުންގެ މަންމައަކީ ޖަޝޫރުގެ ރަސްގެފާނުގެ ތަލްމާއިގެ ދަރިކަނބަލުން މައިކާ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:3
22 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނުގެ އަބްޝާލޫމް ކިޔާ ދަރިކަލަކު ހުންނެވިއެވެ. އެ ދަރިކަލުންގެ އަންހެން ކޮއްކޮގެ ނަމަކީ ތާމާރު އެވެ. ތާމާރު އަކީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. އަދި ދާއޫދުގެފާނުގެ ބޭފުޅުންގެ ތެރޭގައި އަމްނޫންއޭ ކިޔާ ފިރިހެން ދަރިކަލަކު ވެސް ހުއްޓެވެ. އަމްނޫން އޭނާގެ އެއްބަފާ އަންހެން ކޮއްކޮ ތާމާރުއާ ހިތާވެއްޖެއެވެ.


ދެން ޔުއާބު ތެދުވެގެން ޖަޝޫރަށް ގޮސް އަބްޝާލޫމް ގޮވައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ.


އެކަމަކު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އަބްޝާލޫމް އޭނާގެ ގެޔަށް ފޮނުވާލާ! އޭނާ އަހަރެންގެ ގާތަށް ގެނަސްގެން ނުވާނެ.⁠“ އެހެންވެ އަބްޝާލޫމް އޭނާގެ ގެޔަށް ހިނގައްޖެއެވެ. އަބްޝާލޫމަކަށް ރަސްގެފާނުގެ ފައިންޕުޅެއް ނުފެނުނެވެ.


ޔުއާބު ބުންޏެވެ. ”⁠އަހަރެން ކަލޭ އައިސްދޭށޭ ކިޔާފައި ދެފަހަރަކު މީހުން ފޮނުވައިފިން. އަހަރެން ބޭނުންވީ ކަލޭ ރަސްގެފާނުގެ އަރިހަށް ފޮނުވަން. އަހަރެން ރަސްގެފާނަށް ދަންނަވަން ބޭނުމީ އަހަރެން ޖަޝޫރުގައި އުޅެނިކޮށް މިތަނަށް ގެނައީ ކީއްކުރަންހޭ. ރަސްގެފާނުގެ ފައިންޕުޅު އަހަންނަށް ނުފެންނަންޏާ އަހަރެން މިތަނަށް ގެނައުމުގެ ބޭނުމަކީ ކޮބައިހޭ. ހަމަ ޖަޝޫރުގައި ވެސް އަހަންނަށް ހުރެވިދާނެ ނޫންހޭ. އަހަރެން ކަލޭގެ ގާތުން މިއެދެނީ ރަސްގެފާނުގެ އަރިހަށް ގޮސް މިހެން ދަންނަވަން. އަހަރެން ކުށްވެރިވަންޏާ އެ ކުށަށްޓަކައި އަހަރެން މަރާލާށޭ ދަންނަވާ.⁠“


މިގޮތުގައި ހަތަރު އަހަރު ވޭތިވެ ދިޔަފަހުން އޭނާ ރަސްގެފާނު ދާއޫދަށް ދެންނެވިއެވެ. ”⁠އަޅުގަނޑު ޙަބްރޫނަށް ގޮސްލުމުގެ ހުއްދަ ދެއްވާ. އެއީ އަޅުގަނޑު މާތްރަސްކަލާނގެއަށް ދަންނަވާފައިވާ ނަދުރެއް ފުއްދަން އޮތީމާ.


އަޅުގަނޑު ސީރިއާގެ ޖަޝޫރުގައި ހުރި އިރު ގަތް ނަދުރެއް އެއީ. އަޅުގަނޑު ނަދުރު ބުނެފައި ވަނީ ’⁠މިއަޅާއަށް ޖެރޫސަލަމަށް އަނބުރާ ދެވޭނެ ގޮތް އިނބަރަސްކަލާނގެ ހައްދަވައި ދެއްވައިފިއްޔާ އިނބަރަސްކަލާނގެ އަށް އަޅުކަން ކުރުމަށް އެނބުރި ގަންނާނަން.⁠‘⁠“


ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


ދެން ދާއޫދުގެ ދެއަނބިން، ޔަޒްރަޢީލުގެ އަޚީނޫޢަމް އާއި ކަރުމަލްގެ ނާބާލްގެ ހުވަފަތް އަނބި އަބީޖާއިލް ގޮވައިގެން ހެބްރޯނަށް ހިނގައްޖެއެވެ.


ދެން އޭނާ އަވަހަށް ތައްޔާރުވެ ފަސް ޚާދިމާއިން ގޮވައިގެން ހިމާރެއްގައި އެމީހުންނާއެކު ގޮސް ދާއޫދާ ކައިވެނި ކޮށްފިއެވެ.


މިހެން އުޅެފައި ދާއޫދާއި އޭނާގެ މީހުން އެ ހިސާބުގައި އުޅޭ ޖަރުޒީއިންނާއި ޢަމާލިޤީންނާއި ޖަޝޫރީންނަށް ހަމަލާ ދީފިއެވެ. (އަންދުވަހުން ފެށިގެން ވެސް މި މީހުންނަކީ މިޞްރާއި ޝޫރާއި ދެމެދުގައި އުޅެމުން އައިސްފައިވާ ބަޔެކެވެ.)


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ