2 ޞަމޫއީލް 3:28 - ކިތާބުލް މުޤައްދަސާ28 ދާއޫދުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ނައިރުގެ ދަރި އަބްނައިރުގެ ލޭ އޮހުރުމުގައި އަހަރެންނާއި އަހަރެންގެ ރަސްކަމުގެ އަތެއް ނުވާކަން މާތްރަސްކަލާނގެ ދެނެވޮޑިގަންނަވާނެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ކަލެއަށް މިއަދު ތި ދެއްވަނީ އެކަމުގެ ސަޒާ. ކަލޭ ތީ ޝާއުލްގެފާނުގެ އާއިލާގެ ދުވަސް ދުއްވާލި މީހާ. އަދި ކަލޭ އެކަލޭގެފާނުގެ ރަސްކަން ވެސް ފޭރިގަތް. މިހާރު ކަލެއަށް ތި ފެންނަނީ އެކަމުގެ ހިތި. މާތްރަސްކަލާނގެ ކަލޭގެ ރަސްކަން ކަލޭގެ ދަރި އަބްޝާލޫމަށް އެ ދެއްވީ ކަލޭ ތިއީ މީހުން މަރާ މީހެއް ވީމާ.“
އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.
އަބްނައިރުގެ ލޭ އޮހޮރުމުގެ ސަޒާ ޔުއާބުއާއި އޭނާގެ ބައްޕަގެ އާއިލާގެ މައްޗަށް ފޮނުއްވާށި. އެގޭގައި ޖުޒާމުބަލި ޖެހި، ނުވަތަ ފާރުހެދި ދޮސްގަނެފައިވާ މީހަކު، ނޫނީ ދަނޑިބުރިއެއް ވިއްދައިގެން ހިނގާ މީހަކު ނުވަތަ ކަނޑިއެއްގެ މައްޗަށް ނުވެއްޓޭ މީހަކު ނޫނީ ބަނޑުހައި ހޫނުކަމުގައި ހުރި މީހަކު ނެތް އިރެއް ނުދައްކަވާށި.“
އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.“