2 ޞަމޫއީލް 3:25 - ކިތާބުލް މުޤައްދަސާ25 ކަލޭގެފާނަށް އެނގިވަޑައެއް ނުގަންނަވާތޯ ނައިރުގެ ދަރި އަބްނައިރު އެއައީ ކަލޭގެފާނުގެ ކަންތައް ހުރިނެތްގޮތް ބަލަން ކަމެއް؟ އޭނާ އެއައީ ކަލޭގެފާނު ކުރައްވާ ނުކުރައްވާ ކަންތައް ބަލަން.“ အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ތެރޭން އެކަކު ގޮސް ކޮއްކޮ ގޮވައިގެން އާދޭ. ދެންތިބި މީހުން އޭނާ އަންނަންދެން ތިބެންޖެހޭނީ ޖަލުގައި. އޭރުން ކަލޭމެންގެ ވާހަކަތަކުގެ ތެދުދޮގު ވެސް އެނގިދާނެ. އެކަމަކު ކަލޭމެން ތިޔަ ހެދީ ދޮގެއް ނަމަ ފިރުޢައުނު ރަސްގެފާނުގެ ފުރާނަ ގަންދީ ބުނަން، އޭރުން ކަލޭމެން ވާނީ ޖާސޫސް ކުރަން އައި ބައެއްކަމަށް.“
އަދި މީގެ އަހަރުތަކެއް ކުރިން ޔޫސުފުގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ އެންމެހާ އަޚުން ކުރުނީސް ކުރަނިކޮށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ މަތިން އެކަލޭގެފާނަށް ހަނދުމަފުޅު ވިއެވެ. އެ ހިނދު އެކަލޭގެފާނު މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެންނަކީ ޖާސޫސުކުރާ ބަޔަކީމު! ކަލޭމެން މި ޤައުމަށް ތިޔަ އައީ މި ޤައުމުގެ ބަލިފަޔަކީ ކޮބައިތޯ ބެލުމަށް!“
ޢައްމޫނީންގެ ބޮޑުން ރަސްގެފާނު ހަނޫނަށް ދަންނަވައްޕެވެ. ”ދާއޫދު ރަސްގެފާނު މިތަނަށް މީހުން އެފޮނުއްވީ ކަލޭގެފާނަށް ހެޔޮ އެދި ތައުޒިޔާ ކިޔަންކަމަށް ހީވެލައްވާތޯ؟ އެއްގޮތަކަށް ވެސް އެހެނެއް ނޫން. އެމީހުން އެ ފޮނުއްވީ މިތަނުގެ ކަންތައް ހުރިނެތް ގޮތް ބަލައި ހަނގުރާމައަށް އަންނަންވެގެން ޖާސޫސު ކުރަން.“
އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.