2 ޞަމޫއީލް 3:21 - ކިތާބުލް މުޤައްދަސާ21 އަބްނައިރު ދާއޫދުގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިދަނީ އިސްރާއީލުގެ އެންމެން ކަލޭގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމުގެ ކަންތައް ހަމަ ޖެއްސުމަށް. އެއީ ކަލޭގެފާނާއެކު އެމީހުން މުޢާހަދާއެއް ކުރާނެ ގޮތް މެދުވެރި ކުރުމަށް. ކަލޭގެފާނު ހިތްޕުޅާވާ ބައެއްގެ މައްޗަށް ވެރިކަން ހިންގަވާ!“ ދެން ދާއޫދުގެފާނު ސަލާމަތްކަމާއެކު އަބްނައިރު ދިޔަ ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.