2 ޞަމޫއީލް 3:20 - ކިތާބުލް މުޤައްދަސާ20 އަބްނައިރު ދިޔައިރު ސިފައިންގެ ވިހި މީހުން ވެސް އޭނާއާ އެކު ގެންދިޔައެވެ. އެ އައި އެންމެންނަށް ދާއޫދުގެފާނު ޖާފަތެއް ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ޔަޢުޤޫބުގެފާނު އެތަނުގައި ވީ ފަރުބަދައިގެ މަތީގައި މާތްރަސްކަލާނގެ ކިބަފުޅަށް ޖަނަވާރެއް ކަތިލައްވައި ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވިއެވެ. އަދި އެތަނުގައި ވީ އެކަލޭގެފާނުގެ ގާތްތިމާގެ ފަރާތްތަކާއި އެނޫން ވެސް މީހުންނަށް މި ޚާއްސަ ޤުރުބާނުގެ ޖާފަތަށް ދަޢުވަތު ދެއްވިއެވެ. އަދި އެ ހުރިހާ އެންމެން ކައިބޮއި ހެދުމަށް ފަހު އެ ފަރުބަދަ މަތީގައި ރޭ ކުރިއެވެ.
އަބްނައިރު ދާއޫދުގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު މިދަނީ އިސްރާއީލުގެ އެންމެން ކަލޭގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމުގެ ކަންތައް ހަމަ ޖެއްސުމަށް. އެއީ ކަލޭގެފާނާއެކު އެމީހުން މުޢާހަދާއެއް ކުރާނެ ގޮތް މެދުވެރި ކުރުމަށް. ކަލޭގެފާނު ހިތްޕުޅާވާ ބައެއްގެ މައްޗަށް ވެރިކަން ހިންގަވާ!“ ދެން ދާއޫދުގެފާނު ސަލާމަތްކަމާއެކު އަބްނައިރު ދިޔަ ދެއްވިއެވެ.