Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:16 - ކިތާބުލް މުޤައްދަސާ

16 އެމީހުން މީކާލް ގޮވައިގެން ދާން ފެށުމުން ފަލްތިއީލް އެމީހުންގެ ފަހަތުން ރޮމުން ރޮމުން ބަހޫރީމްއާ ހަމަޔަށް އަޔެވެ. ދެން އަބްނައިރު އޭނާއާ ދިމާލަށް ބުނެއްޕެވެ. ”⁠އަނބުރާލާފައި ގެޔަށް ދޭ!⁠“ ދެން އޭނާ އަނބުރާލާފައި ގެޔަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:16
9 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ.


މިހެން އުޅެނިކޮށް ކޮންމެވެސް ޒުވާން ސޮރަކަށް ޔޫނަތައިންއާއި އަޚީމައަސް ފެނިގެން އަވަހަށް ދުވެ ގޮސް އަބްޝާލޫމަށް މިޚަބަރު ދީފިއެވެ. ދެން ޔޫނަތައިންއާއި އަޚީމައަސް އަވަހަށް ގޮސް ބަހޫރީމް އަވަށުގެ މީހެއްގެ ގޭގެ ގޯތީގައި ހުރި ވަޅަކަށް ފައިބައިފިއެވެ.


ބަންޔާމީންގެ ދަރިކޮޅުގެ ޖީރާގެ ދަރި ޝިމްޢީ ވެސް ރަސްގެފާނަށް މަރުހަބާ ކިޔަން ބަހޫރީމުން އަތުވެއްޖެއެވެ.


ބަންޔާމީންގެ ހާހެއްހާ މީހުން ވެސް އޭނާއާއެކު އައެވެ. އެތަނަށް ޝާއުލްގެފާނުގެ ޚާދިމު ސީބާ ވެސް އައެވެ. ސީބާއާއެކު އޭނާ ގެ ފަނަރަ ދަރިންނާއި ވިހި ޚާދިމުން ވެސް އައެވެ. މި އެންމެން ވެސް އުރުދުން ކޯރު އައްސޭރީގައި ދާއޫދުގެފާނާއި ބައްދަލު ކުރުމަށް އަވަސް ވެފައި ތިއްބެވެ.


އަރުބާނީ އަވަށުގެ އަބީ އަލްބޫނު، ބަހޫރީމްގެ އަޒްމޫތު،


މިހެން ބުނުމުން އިޝްބޫސަތު މީހުންތަކަކަށް އެންގިއެވެ. ”⁠ދޭ، ގޮސް ލައިޝްގެ ދަރި ފަލްތިއީލް އިނދެގެން އުޅޭ މީކާލް ގޮވައިގެން އާދޭ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ