Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:14 - ކިތާބުލް މުޤައްދަސާ

14 ދެން ދާއޫދުގެފާނު އިޝްބޫސަތުގެ ގާތަށް ޚަބަރާއިގެން މީހުން ފޮނުވިއެވެ. ”⁠އަހަރެން ސަތޭކަ ފިލިސްޠީނީންގެ ޚިތާނު ކުރި ހަންކޮޅު ދީގެން ގަނެފައިވާ އަހަރެންގެ އަނބިމީހާ މީކާލް އަނބުރާ އަހަންނަށް ދީ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:14
7 ပူးပေါင်းရင်းမြစ်များ  

ޝާއުލްގެފާނުގެ މި ދަރިކަލުން އިޝްބޫސަތުގެ އުމުރުން އޭރު ސާޅީސް އަހަރެވެ. އޭނާ ދެ އަހަރު އިސްރާއީލުގެ ވެރިކަން ކުރިއެވެ. އޭރު ވެސް ޔަހޫޛާގައި ރުހުންއޮތީ ދާއޫދުގެފާނަށެވެ.


މިހެން ބުނުމުން އިޝްބޫސަތު މީހުންތަކަކަށް އެންގިއެވެ. ”⁠ދޭ، ގޮސް ލައިޝްގެ ދަރި ފަލްތިއީލް އިނދެގެން އުޅޭ މީކާލް ގޮވައިގެން އާދޭ!⁠“


މިއިރު ޝާއުލްގެފާނުގެ ދަރިކަނބަލުން މީކާލް ގޭގެ ކުޑަދޮރަކުން ބައްލަވަން އިންނެވިއެވެ. މާތްރަސްކަލާނގެ ފޮށިކޮޅު ދާއޫދުގެ ސަހަރަށް އެރުވި އިރު ދާއޫދު ރަސްގެފާނު އެ ފޮށިކޮޅު ކުރިމަތީގައި ފުމެއަރުއްވަމުން ނައްޓަވަމުން ގެންދަވާތަން ފެނިގެން އޭނާ ދާއޫދުގެފާނު ދެކެ ވަރަށްފޫހި ވެއްޖެއެވެ.


އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.


ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”⁠ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.⁠“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.


ދާއޫދުއާއި އޭނާގެ ބައިވެރިން ގޮސް ދުއިސައްތަ ފިލިސްޠީނުން މަރައި އެވިދާޅުވި ފަދައިން ކަންތައް ކޮށްފިއެވެ. ރަސްގެފާނު މި ކަން ކަށަވަރު ކުރެއްވުމަށް ފަހު މީކާލްއާއި ދާއޫދު ކައިވެނި ކުރުވައި ދެއްވައިފިއެވެ.


އެ ހިނދު ޝާއުލް ރަސްގެފާނު ވަނީ ދާއޫދު އިނދެގެން އުޅުނު މީކާލް ޖައްލިމު އަވަށުން އައިސް ހުރި ލައިޝްގެ ދަރި ޕަލްތީއާ ދެވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ