Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:13 - ކިތާބުލް މުޤައްދަސާ

13 ”⁠އެންމެ ރަނގަޅު.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:13
8 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔަހޫޛާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެމެން އެރަށަށް ދާނަމަ އަހަރެމެންގެ ކޮއްކޮ ގޮވައިގެން ނޫންގޮތަކަށް އެރަށަށް ގޮސްގެން ނުވާނެ ކަމުގައި ބުނެ އެ ރަށުގެ އަމީރު ވަނީ ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފަ. އޭނާ ނުލައި އަހަރެމެން ދިޔަ ކަމުގައި ވިއަސް އެ ބޭފުޅާ އާއި ބައްދަލެއް ނުވާނެ.


ނަމަވެސް އޭނާ ނުލައި އަޅުގަނޑުމެން މި ރަށަށް އައި ކަމުގައި ވިޔަސް މަނިކުފާނާއި ބައްދަލުނުވާނޭ ކަމުގައި މަނިކުފާނު ވިދާޅުވީމު.


އެ ހިނދު އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ ނުލާ އަޅުގަނޑުމެން ނުދާނޭ ކަމުގައި އާއި އަދި އަޅުގަނޑުމެންގެ ކޮއްކޮއާ ނުލާ އަޅުގަނޑުމެން ދިޔަކަމުގައި ވިޔަސް އަޅުގަނޑުމެންނަށް އަމީރުގެ ފައިންޕުޅު ނުފެންނާނޭ ކަމުގައި މަނިކުފާނު އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމުގައި އަޅުގަނޑުމެންގެ ބަފައިކަލުންނަށް ދެންނެވީމު.


ދެން އަބްނައިރު ދާއޫދުގެފާނު އަރިހަށް މިހެން ބުނެ މީހަކު ފޮނުވިއެވެ. ”⁠މި ބިންތަކުގެ ވެރިޔަކީ ކަލޭގެފާނު ނޫން ދެން ކޮންބޭކަލެއްތޯ؟ އަޅުގަނޑުގެ މުޢާހަދާއާއެކު ކުރިޔަށް ގެންދަވާ! އަޅުގަނޑު މުޅި އިސްރާއީލް ކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ގެނައުމަށް އެހީތެރިވެދޭނަން!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ