Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 3:12 - ކިތާބުލް މުޤައްދަސާ

12 ދެން އަބްނައިރު ދާއޫދުގެފާނު އަރިހަށް މިހެން ބުނެ މީހަކު ފޮނުވިއެވެ. ”⁠މި ބިންތަކުގެ ވެރިޔަކީ ކަލޭގެފާނު ނޫން ދެން ކޮންބޭކަލެއްތޯ؟ އަޅުގަނޑުގެ މުޢާހަދާއާއެކު ކުރިޔަށް ގެންދަވާ! އަޅުގަނޑު މުޅި އިސްރާއީލް ކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ގެނައުމަށް އެހީތެރިވެދޭނަން!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 3:12
15 ပူးပေါင်းရင်းမြစ်များ  

މި ބަސްތަކުން ދާއޫދުގެފާނު ޔަހޫޛާގެ އެންމެހައި މީހުންގެ ހިތްތައް އަތުލައްވައިފިއެވެ. އެހެންވެ އެ އެންމެން އެކު އެކީގައި މިކަމާ ރުހިއްޖެއެވެ. އެހެނީ އެއެންމެނަކީ ވެސް އެއްބައެކެވެ. ޔަހޫޛާގެ މީހުން ދާއޫދުގެފާނަށް ޚަބަރު ފޮނުވައިފިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނާއި ކަލޭގެފާނުގެ އެންމެން އެނބުރި ވަޑައިގަންނަވާ!⁠“


ދެން އިސްރާއީލުގެ އެންމެން ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ އަޚުންކަމަށް ވާ ޔަހޫޛާގެ މީހުން ކަލޭގެފާނާއި ކަލޭގެފާނުގެ އާއިލާގެ މީހުންނާއި ކަލޭގެފާނުގެ ހުރިހާ އެންމެން ޖަހައިގަނެގެން އުރުދުން ކޯރުގެ އަނެއްފަރާތަށް ގެންދިޔައީ ކީއްވެތޯ؟⁠“


ކަލޭގެފާނު އެމީހުން ކޮށްދިން ކަންތަކާ މެދު ޝުކުރު އަދާ ކުރެއްވުމުގެ ބަދަލުގައި އެމީހުން ދެކެ ތިޔަ ނުރުހުން ފާޅު ކުރައްވަނީ. ކަލޭގެފާނު ލޯބިފުޅު ވަނީ ކަލޭގެފާނަށް ނަފްރަތު ކުރާ މީހުން ދެކެ. ކަލޭގެފާނަށް ލޯބިކުރާ މީހުންނާމެދު ކަލޭގެފާނު ތިޔަ ނަފްރަތު ވެ ވަޑައިގަންނަވަނީ. މިއަދު ކަލޭގެފާނު ސާފު ބަހުން ތިޔަ ވިދާޅުވަނީ ކަލޭގެފާނާއެކުގައި މިތިބަ އެންމެހާ ހަނގުރާމަވެރިންނަކީ ކަލޭގެފާނުގެ ކުރިފުޅުމަތީ އެއްވެސް އަގެއް ހުރި ބައެއް ނޫނޭ. އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑުމެން އެންމެން މަރުވެފައި ވެސް އަބްޝާލޫމް ސަލާމަތްވިނަމަ ކަލޭގެފާނު މާ އުފާފުޅުވީސް ހެން.


އަބްނައިރު މިހެން ބުނުމުން އިޝްބޫސަތު ގަންނާކުރެއްވި ބިރުން އެކައްޗެކޭ ވެސް ނުބުންޏެވެ.


”⁠އެންމެ ރަނގަޅު.⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަ ކަންތައް ހަމަޖައްސާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބޮތް. ޝާއުލް ރަސްގެފާނުގެ ދަރިކަނބަލުން މީކާލް ގޮވައިގެން ނޫން ގޮތަކަށް އަހަރެންގެ މޫނު ފެންނަ ހިސާބަށް ކަލޭ އައިސްގެން ނުވާނެ!⁠“


އަބްނައިރު ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑު މިދަނީ އިސްރާއީލުގެ އެންމެން ކަލޭގެފާނުގެ ރަސްކަމުގެ ދަށަށް ގެނައުމުގެ ކަންތައް ހަމަ ޖެއްސުމަށް. އެއީ ކަލޭގެފާނާއެކު އެމީހުން މުޢާހަދާއެއް ކުރާނެ ގޮތް މެދުވެރި ކުރުމަށް. ކަލޭގެފާނު ހިތްޕުޅާވާ ބައެއްގެ މައްޗަށް ވެރިކަން ހިންގަވާ!⁠“ ދެން ދާއޫދުގެފާނު ސަލާމަތްކަމާއެކު އަބްނައިރު ދިޔަ ދެއްވިއެވެ.


އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.


ދެން ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ ވަޒީރުންނަށް ވިދާޅުވިއެވެ. ”⁠މިއަދު މަރުވެގެން އެ ވެއްޓުނީ އިސްރާއީލުގެ ގަދަފަދަ ވެރިޔެއް ކަން ކަލޭމެންނަކަށް ނޭނގޭތަ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ