11 އަބްނައިރު މިހެން ބުނުމުން އިޝްބޫސަތު ގަންނާކުރެއްވި ބިރުން އެކައްޗެކޭ ވެސް ނުބުންޏެވެ.
ދެން އަބްނައިރު ދާއޫދުގެފާނު އަރިހަށް މިހެން ބުނެ މީހަކު ފޮނުވިއެވެ. ”މި ބިންތަކުގެ ވެރިޔަކީ ކަލޭގެފާނު ނޫން ދެން ކޮންބޭކަލެއްތޯ؟ އަޅުގަނޑުގެ މުޢާހަދާއާއެކު ކުރިޔަށް ގެންދަވާ! އަޅުގަނޑު މުޅި އިސްރާއީލް ކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ގެނައުމަށް އެހީތެރިވެދޭނަން!“