Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 24:25 - ކިތާބުލް މުޤައްދަސާ

25 ދެން ދާއޫދުގެފާނު އެތަނުގައި ޤުރުބާނީ ވެދުން ކުރާއައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ޤުރުބާނީ އަންދާނެ އައްޓެއް ވެސް ހައްދަވައި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރައްވައިފިއެވެ. ދެން މާތްރަސްކަލާނގެ އެ މީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އޭގެ ފަހުން އެ ބަލިމަޑުކަން އިސްރާއީލުގެ ބިމުން ފިލައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 24:25
16 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މާތްރަސްކަލާނގެ އަބްރާމުގެ ކުރިފުޅު މައްޗަށް ފާޅުވެވޮޑިގަންނަވައި ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ދަރިކޮޅުގެ މީހުންނަށް ތިމަންކަލާނގެ މި ސަރަހައްދު ދެއްވާނަން.⁠“ ދެން އަބްރާމް މާތްރަސްކަލާނގެއަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކައި އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި އެކަލާނގެ އަބްރާމަށް ފާޅުވެވޮޑިގެންނެވީތީ އެކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދެންނެވިއެވެ.


އަދި މާތްކަލާނގެ ވަޙީކުރައްވައި އެންގެވި ތަނަށް އިބްރާހީމްގެފާނަށް ވަޑައިގެންނެވުމުން އެތަނުގައި ޤުރުބާން ކުރެއްވުމަށްޓަކައި ޚާއްސަ އައްޓެއް ބިނާ ކުރައްވައި އެ އަށިމައްޗަށް ދަރުތައް އެޅުއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު ބެންނެވުމަށް ފަހު ޤުރުބާން ކުރެއްވުމަށްޓަކައި ތައްޔާރު ކުރެވިފައިވީ އަށިމަތީގައިވާ ދަރުތަކުގެ މަތީގައި އެކަލޭގެފާނު ބޭއްވެވިއެވެ.


ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.


ދާއޫދުގެފާނުގެ އަމުރުފުޅަށް އެމީހުން އެ ކަށިތައް ބަންޔާމީންގެ ޞައިލަޣަ އަވަށުގައި ވަޅުލައިފިއެވެ. އެއީ ޝާއުލްގެފާނުގެ ބައްޕަ ޤައިޝް ވަޅުލާފައި އޮތް ގަބުރުސްތާނު ވެސް މެއެވެ. އެއަށް ފަހު މާތްކަލާނގެ އެއެންމެންގެ ދުޢާ އައްސަވާ ވޮޑިގެން އެމީހުންނަށް އައިސްފައިވާ ތަދުމަޑުކަން ނިމުމަކަށް ގެންނެވިއެވެ.


ދާއޫދުގެފާނު ޖާދުނަބީއަށް ވިދާޅުވިއެވެ. ”⁠ޙަޤީޤަތުގައި ވެސް އަހަރެން މިވަނީ މުސީބާތާ ކުރިމަތިވެފައި، އެކަމަކު މާތްރަސްކަލާނގެއަކީ އޯގާވަންތަ ކަލާނގެ. އެހެންވީމާ އެކަލާނގެ މިއަޅާއަށް ދެއްވާ ސަޒާއެއް ދެއްވާފާށި. އެކަމަކު ދުޝްމިނުންގެ އަތްދަށަށް މިއަޅާ ދާނެ ގޮތް މެދުވެރި ނުކުރައްވާފާށި.⁠“


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ ގާތަށް ގުޅުން ބަދަހި ކުރާ ޤުރުބާނީ އާއި އެންދުމުގެ ޤުރުބާނީ ގެނޭ.⁠“ ދެން ޝާއުލްގެފާނު މި ޤުރުބާނީތައް ހުށަހަޅައިފި އެވެ.


ދެން ޝާއުލްގެފާނު އެތަނުގައި މާތްރަސްކަލާނގެއަށް ޤުރުބާނީ ހުށަހަޅާނެ އައްޓެއް ތައްޔާރު ކުރެއްވިއެވެ. މިއީ އެކަލޭގެފާނު މާތްރަސްކަލާނގެއަށް ޓަކައި ހެއްދެވި ފުރަތަމަ ޤުރުބާނީ އައްޓެވެ.


އެދަތުރުތަކަށް ފަހު ޞަމޫއީލްގެ ރަށް ކަމަށްވާ ރާމާއަށް އެނބުރި އާދެއެވެ. އެރަށުގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނީ ވެދުން ކުރާނެ މަޤާމެއް ވެސް ހަދައި އިސްރާއީލުގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވިއެވެ.


ދެން ޞަމޫއީލް ޅަ ކަންބަޅިއެއް ގެނެސް އަންދައި ޤުރުބާނީ ހުށަހަޅައި އިސްރާއީލުގެ މީހުންނަށް ރައްކާތެރިކަން ދެއްވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދެންނެވިއެވެ. މާތްރަސްކަލާނގެ އެ ދުޢާ އިޖާބަ ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ