Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 24:20 - ކިތާބުލް މުޤައްދަސާ

20 އަރޫނާއަށް ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ އަރިހުބޭކަލުންނާއެކު ވަޑައިގަންނަވާތަން ފެނިއްޖެއެވެ. ދެން އޭނާ ބޭރަށް ނުކުމެ ބިންމަތީގައި މޫނު ޖައްސައި ކުރުނީސް ކޮށްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 24:20
7 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.


ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.


ދާއޫދުގެފާނު އޭނާ އެ ބުނި ފަދައިން މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރައްވައިފިއެވެ. ދެން ދާއޫދުގެފާނު އަރޫނާ ގާތަށް ވަޑައިގެންފިއެވެ.


އަރޫނާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ރަސްގެފާނު އަޅުގަނޑުގެ ގާތަށް ތިޔަ ވަޑައިގަތީ ކޮންކަމަކުތޯ؟⁠“ ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިއައީ ކަލޭގެ ގޮވާން ތޮށިނޮޅާ ދަނޑުބިން ގަތުމަށް. އެއީ އެތަނުގައި މާތްރަސްކަލާނގެއަށް ޤުރުބާނީ ކުރާއައްޓެއް ހަދަން. އަހަރެން އެބަޖެހޭ މި މުސީބާތުން އަހަރެމެންގެ މީހުން މިންޖު ކުރައްވާތޯ ދުޢާ ދަންނަވަން.⁠“


މަފީބޫޝަތު ދެވަނަފަހަރަށް ދާއޫދުގެފާނުގެ ކުރިފުޅު މަތީ ގުދުވެއްޖެއެވެ. މަފީބޫޝަތު ދެންނެވިއެވެ. ”⁠އަޅުގަނޑު މީ މަރުވެފައި އޮތް ކުއްތާއެއް. ވީ އިރު ވެސް މަނިކުފާނު އަޅުގަނޑާމެދު ތިޔަ ގޮތަށް ކަންތައް ކުރައްވަނީތޯ؟⁠“


ރާޢޫތު ބޫޢަޒުގެ ކުރިމައްޗަށް ބިންމަތީ ނިތްޖެހެންދެން ގުދުވެފައި ބުންޏެވެ. ”⁠އަޅުގަނޑަކީ ބީރައްޓެއްސެއް. ސާހިބު އަޅުގަނޑަށް ތިޔަހާ ހެޔޮކޮށް ތިޔަ ހިއްތެވީ ކީއްވެތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ