Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 24:2 - ކިތާބުލް މުޤައްދަސާ

2 ދާއޫދުގެފާނު ޔުއާބުއާއި ސިފައިންގެ ވެރިންނަށް އެންގެވިއެވެ. ”⁠ދޭ، ގޮސް އެންމެ އުތުރުގެ ދާނުގެ ފެށިގެން އެންމެ ދެކުނުގައިވާ ބިއުރުސަބްޢައާ ދެމެދުގައި ތިބި އިސްރާއީލީންގެ ހުރިހާ އެންމެންގެ ބޯހިމަނައިގެން އާދޭ. އަހަރެން ބޭނުން، ސިފައިންގެ ތެރެއަށް ވެއްދޭނެ ތިބީ ކިތައް މީހުންތޯ ބަލަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 24:2
16 ပူးပေါင်းရင်းမြစ်များ  

އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.


އަހަރެންގެ ލަފަޔަކީ ކަލޭގެފާނު އިސްރާއީލާއި ދާނުން ފެށިގެން ބިއުރުސަބްޢައާ ދެމެދުގެ އެންމެން އެއްކުރައްވައިގެން ވަޑައިގަތުން. އެއީ ގޮނޑުދޮށުގައިވާހައި ދޮންވެލިފުއްހާ ގިނަ ބައެއް. އެ އެންމެން ގޮވައިގެން ކަލޭގެފާނު ވަޑައިގަތުން.


އެވަގުތަކީ ސަރޫވިޔަތުގެ ދަރި ޔުއާބު ވެސް ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުންނާއެކު ޖިބްޢޫނުގެ ފެންގަނޑުގެ ކައިރިއަށް ދިޔަ ވަގުތެވެ. އެތަނުން އެމީހުންނާ އަބްނައިރުގެ ލަޝްކަރުގެ މީހުންނާ ކުރިމަތިވިއެވެ. މި ދެބައި މީހުން ފެންގަނޑުގެ ދެފަރާތުގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެން ތިއްބެވެ.


ޔުއާބަކީ އިސްރާއީލުގެ ލަޝްކަރުގެ އިސްވެރިޔާ އެވެ. އަދި ޔޫޔާދަޢުގެ ދަރި ބަނާޔާ އަކީ ދާއޫދުގެފާނުގެ ހަށިފާރަވެރިންގެ ވެރިޔާއެވެ.


ޢައްމޫނީ އަވަށުގެ ސާލިގް، ބައިރޫތު އަވަށުގެ ނަހްރާއި (މީނާއަކީ ސަރޫވިޔަތުގެ ދަރި ޔުއާބު އަށް ހަތިޔާރު އުފުލާ ދޭ މީހާއެވެ.)


ދެން މާތްރަސްކަލާނގެ އިސްރާއީލުންނަށް ބަލިމަޑުކަމެއް ފޮނުއްވައިފިއެވެ. މިކަންތައް ފެށުނީ ހެނދުނުގެ ވަގުތެއްގައެވެ. އެކަލާނގެ ހަމަޖައްސަވާފައިވާ ވަގުތަކާ ހަމަޔަށް އެކަންތައް ހިނގި އިރު ދާނުން ފެށިގެން ބިއުރުސަބްޢައާއި ހަމަޔަށް ހަތްދިހަ ހާސް މީހުން މަރުވެ ހިނގައްޖެއެވެ.


އޭރު އެކަލޭގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރީ ސަރޫވިޔަތުގެ ދަރި ޔުއާބެވެ. އަޚީލޫދުގެ ދަރި ޔޫޝާފާތު ހުރީ އެކަލޭގެފާނުގެ ތާރީޚު ލިޔާ މީހަކަށް.


ބޮޑާކަމުން ގެނެސްދޭނީ ފަޟީހަތެވެ. ހިތްތިރި ކަމުން ގެނެސްދޭނީ ޝަރަފެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ