2 ޞަމޫއީލް 24:16 - ކިތާބުލް މުޤައްދަސާ16 މާތްރަސްކަލާނގެ މަލާއިކަތާ ޖެރޫސަލަމް ހަލާކު ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންފިއެވެ. އެކަމަކު މީސްތަކުންނަށް ލިބެމުން ދާ ގެއްލުން ދެކެވޮޑިގެން މާތްރަސްކަލާނގެ އިރާދަފުޅު ބަދަލު ކުރައްވައިފިއެވެ. ދެން އެކަލާނގެ މަލާއިކަތާއަށް އެންގެވިއެވެ. ”ދެން ހެޔޮ! ކަލޭގެ އަތް ތިރި ކުރޭ.“ އޭރު މަލާއިކަތާ ހުންނެވީ ޔަބޫސީންގެ އަރޫނާގެ ގޮވާން ތޮށިނޮޅާ ދަނޑުބިން މަތީގައެވެ. အခန်းကိုကြည့်ပါ။ |
ހަނގުރާމައަށް ދިޔަ ދުވަހު ދާއޫދުގެފާނު އެކަލޭގެފާނުގެ މީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އަދާވާތްތެރި ޔަބޫސީން ބަލިކޮށްލަން ބޭނުންނަމަ ފެނުގެ ހޮހަޅައިގެ ތެރެއިން ލާފަ އެރަށަށް އަރާ! އެތަނުން ކަލޭމެންނަށް ލޯފަން މީހުންނާއި ކޮރު މީހުންނާ ހަމަޔަށް ދެވޭނެ.“ އޭގެ ފަހުން ”ނުކުޅެދޭ ކަނުމީހުންނަކަށް ގަނޑުވަރަކަށް ނުވަދެވޭނެޔޭ“ މިހެން ކިޔައިގެން މީހުން ބަސްބުނެ އުޅުނެވެ.
ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.