2 ޞަމޫއީލް 24:14 - ކިތާބުލް މުޤައްދަސާ14 ދާއޫދުގެފާނު ޖާދުނަބީއަށް ވިދާޅުވިއެވެ. ”ޙަޤީޤަތުގައި ވެސް އަހަރެން މިވަނީ މުސީބާތާ ކުރިމަތިވެފައި، އެކަމަކު މާތްރަސްކަލާނގެއަކީ އޯގާވަންތަ ކަލާނގެ. އެހެންވީމާ އެކަލާނގެ މިއަޅާއަށް ދެއްވާ ސަޒާއެއް ދެއްވާފާށި. އެކަމަކު ދުޝްމިނުންގެ އަތްދަށަށް މިއަޅާ ދާނެ ގޮތް މެދުވެރި ނުކުރައްވާފާށި.“ အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.