Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 24:13 - ކިތާބުލް މުޤައްދަސާ

13 ޖާދު ނަބީ ދާއޫދުގެފާނުގެ އަރިހަށް ގޮސް މިހެން ދެންނެވިއެވެ. ”⁠މި ތިން ކަންތަކުގެ ތެރޭން އެއްކަމެއް ޚިޔާރު ކުރައްވާ: ކަލޭގެފާނާއި ކަލޭގެފާނުގެ ޤައުމަށް ހަތް އަހަރުގެ ބަނޑުހައި ހޫނު ކަމެއް އައުން ކަލޭގެފާނުގެ ދުޝްމިނުންގެ އަތްދަށުވެ ތިން މަސް ވަންދެން އެމީހުންނަށް ފިލަން ޖެހި ވަޑައިގަތުން ތިން ދުވަސް ވަންދެން މުޅި ޤައުމަށް ބޮޑު ބަލިމަޑުކަމެއް އައުން. މިކަންތަކާ މެދު ކަލޭގެފާނު ނިންމަވާ ގޮތެއް އަޅުގަނޑުގެ ގާތު ވިދާޅުވޭ. އޭރުން އަޅުގަނޑު އެވާހަކަ މާތްކަލާނގެއަށް ދަންނަވާނަން. އެއީ މިކަންތަކައިގެން ކަލޭގެފާނުގެ އަރިހަށް އެކަލާނގެ ފޮނުއްވާފައިވާ މީހަކީ އަޅުގަނޑު ވީމާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 24:13
20 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”⁠ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.⁠“


މާތްރަސްކަލާނގެ ޖާދު އަށް އަންގަވާފައި ވަނީ މިހެންނެވެ: ”⁠ގޮސް ދާއޫދުގެފާނަށް ދަންނަވާ، ތިމަން ކަލާނގެ ތިންކަމެއް ކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވަމޭ، އޭގެ ތެރޭން ކަލޭގެފާނު ރުހިވަޑައިގަންނަވާ ކަމެއް ޚިޔާރު ކުރައްވާށޭ.⁠“


މާތްރަސްކަލާނގެ ނީލަކޯރުގެ ފެންގަނޑު ލެއަށް ބަދަލުކުރެއްވިތާ އެއް ހަފުތާ ފާއިތުވެ ހިނގައްޖެއެވެ.


ބަނީއިސްރާއީލުންގެ މެދުގައި ނަބީ އިލްޔާސްގެފާނު އުޅުއްވި އިރު ތިން އަހަރާއި ހަމަސް ވަންދެން ވިއްސާރަ ނުވެހުމުގެ ސަބަބުން ބަނީއިސްރާއީލަށް ބޮޑުތަދަކާއި ކުރިމަތިވި. އެދުވަސްވަރު ބަނީއިސްރާއީލުގައި ފިރިމަރުވެ ހާލުގައި ޖެހިފައިވާ އެތައްއެތައް އަންހެނުންނެއް ވި.


މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކު ވެސް ނެތް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ