Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 23:7 - ކިތާބުލް މުޤައްދަސާ

7 މީހަކު އޭގައި އަތްލިޔަސް އޭގެ ތުނޑު ހެރިދެއެވެ. އެހެންވެ މީހުން އޭގައި އަތްލަނީ ގިނިފަތިކަހަލަ ދަގަނޑުން ނުވަތަ ލޮންސިތަކުންނެވެ. އެގޮތަކީ އެމީހުންނަކީ ތޫނު ކަށިތަކެއް ފަދަ ބައެކެވެ. އެފަދަ މީހުން އެއްލާލެވެނީ އަލިފާނަށެވެ. އެމީހުން އެތިބި ތަނެއްގައި ތިއްބާ އަނދާ ހުލިވެގެން ދަނީއެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 23:7
14 ပူးပေါင်းရင်းမြစ်များ  

ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”⁠ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.⁠“⁠‘⁠“


އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.


އޭނާގެ ރައްޔިތުން އޭނާއަށް ނަފްރަތު ކުރޭ. އަދި އެމީހުން އޭނާގެ ފަހަތުން ވަފުދެއް ފޮނުވާ އޭނާ އެމީހުންގެ މައްޗަށް ރަސްކަންކުރުމަށް ބޭނުން ނުވާ ކަމުގައި އެންގި.


އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.⁠‘⁠“


އަހަރެންނާ ގުޅިގެން ނުވާ މީހެއް ނަމަ، މިލައި ހިކިފައިވާ ގޮފިގަނޑެއް ފަދައިން ކަނޑާ އެއްލާލެވޭނެ. އަދި އެފަދަ ގޮފިތައް ހިކިގެން ދިޔައީމާ އެއްކޮށްފައި އަންދާލެވޭނެ.


އެދުވަހު މާތްރަސްކަލާނގެއާއި ގުޅުން ބޭއްވުމަށް ދެކޮޅުވެރިވީ ކޮންމެ ފަރާތަކަށްމެ، އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އަނދަމުން ދާ ގަދަފަދަ އަލިފާނުން ޢުޤޫބާތް ދެއްވާނެއެވެ. އަދި އެކަލޭގެފާނު ދެއްވި ހެޔޮޚަބަރުފުޅަށް ކިޔަމަންތެރިކަން އަދާނުކުރާ ފަރާތްތަކަށް ވެސްމެއެވެ.


އެކަލާނގެ ބޮޑު ދުޝްމަން ފަރާތް ފައުޅު ވާނީ އޭގެ ފަހުންނެވެ. ނަމަވެސް މާތްސާހިބާ އީސާގެފާނު އޭނާ ގަތުލު ކުރައްވާނީ އެކަލޭގެފާނުގެ ނޭވާފުޅު ލައްވައެވެ. އަދި މާތްސާހިބާ ވަޑައިގެންނެވުމުގެ މަތިވެރިކަމުން އޭނާ މުޅީންމެ ނެތިކޮށްލާނެއެވެ.


އެކަމަކު އެބިމުން ކަށިގަސްތައް ހެދޭނަމަ އެ ދަނޑުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ އެތަކެތި ވުން ގާތީ މާތްރަސްކަލާނގެ ލަޢުނަތްލެއްވި ތަކެއްޗަށެވެ. މިހެން ވުމުން ދަނޑުވެރިޔާ އެންމެފަހުން އެ ދަނޑު އަންދާލާނީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ