Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 23:5 - ކިތާބުލް މުޤައްދަސާ

5 މާތްކަލާނގެ އަހަރެންގެ އާއިލާ އިޚުތިޔާރު ކުރެއްވިއެވެ. އެކަލާނގެ އަހަރެންނާމެދު ދާއިމީ ޢަހުދެއް ކަށަވަރު ކުރެއްވިއެވެ. އެކަލާނގެ އެކުރެއްވި މުއާހިދާއިން ދެއްވާފައިވާ ޔަޤީންކަން ހުރިހާ ދިމާއަކުން ހެޔޮކަން ބޮޑުވެފައި ރައްކާތެރިއެވެ. އެހެން ކަމުން އަހަންނަށް ކޮންމެ ކަމެއްގައި ފަތަޙަ ލިބޭނެކަން ޔަޤީން ވެފައިވެއެވެ. އަހަރެން އެދި ދަންނަވާ ކޮންމެ ކަމެއް އެކަލާނގެ ކޮށް ދެއްވާފައިވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 23:5
41 ပူးပေါင်းရင်းမြစ်များ  

ކޮންމެ ފަހަރަކު ވެސް އެވިއްސާރަދުނި ފާހަގަކުރައްވައި، ތިމަންކަލާނގެއާއި ދިރިހުރި ހުރިހާ ތަކެއްޗާއި ދެމެދުގައި މިކުރެއްވުނު ނިމުމެއް ނުވާ ޢަހުދުނާމާގެ މަތިން ހަނދުމަފުޅު ކުރައްވާނަން.


އެހެންކަމުން ކަލޭގެފާނުގެ ގޭދޮށަކުން ދެން ކަނޑިއެއް ދުރެއް ނުވާނެޔޭ. އެއީ ކަލޭގެފާނު ޙިއްޘީންގެ އުރިއްޔާގެ އަނބިމީހާ ގެންދަވައި ކަލޭގެފާނުގެ އަނތްބަކަށް ހައްދަވައި ތިމަންކަލާނގެއާ މެދު އިހާނާތްތެރި ކޮށް ހިތީމައޭ.⁠‘


އެކަމަކު އަމްނޫން ތާމާރުގެ ބަހެއް ނޭހިއެވެ. އޭނާ ތާމާރަށް ވުރެން ބާރުގަދައެވެ. އެހެންކަމުން އޭނާ ތާމާރާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގައިފިއެވެ.


ދެން އަބްޝާލޫމް އޭނާގެ ޚާދިމުންނަށް އެންގިއެވެ. ”⁠ހުޝިޔާރުވެ އަމްނޫނަށް ބަލަންތިބޭތި. އޭނާ މަސްތުވީމާ އަހަރެން އަންގާލާނަން. ދެން ކަލޭމެން ގޮސް އަމްނޫނަށް ހަމަލަދީ މަރާލާ. ކަލޭމެން ކުރަނީ އަހަރެން އެންގި ކަމެއް. ކަލޭމެންނަށް އެކަމުގެ އަދަބު ލިބިދާނެތީ ބިރެއް ގަންނާނެ ކަމެއްނެތް. ހިތްވަރުގަދަ ފަހުލަވާނުންގެ ގޮތުގައި ކަންތައް ކުރޭ!⁠“


ޔުއާބު ބުންޏެވެ. ”⁠ކަލެއާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރާކަށް މަށެއް ނޫޅެން.⁠“ އޭރު ވެސް އަބްޝާލޫމް އޮތީ ބަލޫޠު ގަހުގައި އެލިފައެވެ. ދެން ޔުއާބު ގޮސް ތިން ލޮންސި އަބްޝާލޫމްގެ މެއަށް ހަރާލިއެވެ.


ކަލޭގެފާނުގެ ދުވަސްތައް ނިމި ކަލޭގެފާނުގެ ކާބަފައިންގެ ތެރޭގައި އަރާމު ކުރަން ދިއުމުން ކަލޭގެފާނުގެ ދަރިޔަކު ރަސްކަމަށް އިސްކުރައްވައި އެ ރަސްކަން ތިމަންކަލާނގެ ބާރުވެރި ކުރައްވައި ދެއްވާނަމޭ.


ދާއޫދުގެފާނު ވަޑައިގެން މާތްރަސްކަލާނގެ ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނަވައި ދުޢާ ކުރެއްވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާ މިހާހިސާބަށް ގެންނަވާފައި މިވަނީ މިއަޅާގެ އާއިލާގައި ކޮން މޮޅެއް އޮތީމަތޯ؟


މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި. އަދި ދެން ދުވަހަކު ވެސް އެކަލޭގެފާނު މަރުވެގެން ނެތިގެންނެއް ނުދާނެ. އެއީ ހަމަ މާތްރަސްކަލާނގެ ވަޙީކުރެއްވި މި ބަސްފުޅުތަކާއި އެއް ފަދައިން. ’⁠ތިމަންކަލާނގެ ދާއޫދުގެފާނަށް ވަޢުދުފުޅު ވީ ބަރަކާތްތެރި ރަޙުމަތްފުޅު ކަލޭމެންނަށް ވެސް ދެއްވާނަމޭ.⁠‘


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


މި އުންމީދަކީ އަހަރެމެންގެ ޙަޔާތުގައި ލާފައިވާ ގުޑުވާނުލެވޭނެ ނަގިއްޔެއް ފަދަ އިތުބާރު ހުރި އެއްޗެކެވެ. މި އުންމީދު އަހަރެމެން ގޮވައިގެން މާތްވެގެންވާ ގެކޮޅުގެ ފަރުދާގެ އެތެރޭބަޔަށް ގެންގޮސް ދޭނެއެވެ.


އަދި ތިމަންކަލާނގެ ހިތްއެދޭ ގޮތަށް ޚިދުމަތް ކުރާނެ ތެދުވެރި އިމާމަކު ހަމަޖައްސާނަން. އަދި އޭނާގެ އާއިލާ ދަމަހައްޓާނަން. އޭނާ ވާހުށީ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ބައެއް ކަމުގައި. އަދި ތިމަން ކަލާނގެ މަތި ކުރާ ވެރިއެއްގެ ޚާދިމުން ކަމަށް.


ސާހިބުގެ މި ޚާދިމާގެ ފަރާތުން ކުރެވުނު ކުށަށް މަޢާފު ދެއްވާ. މާތްރަސްކަލާނގެ ސާހިބުގެ ރަސްކަން ދާއިމަށް ދަންމަވާށި. އެހެނީ ސާހިބު ތިޔަ ކުރައްވާ ހަނގުރާމައަކީ މާތްރަސްކަލާނގެ އަށްޓަކައި ކުރައްވާ ހަނގުރާމަ ތަކެއް. ސާހިބު ދުނިޔޭގައި ހުރިހާތައް ދުވަހަކު ނުބައި ކަމެއް ކުރައްވަން މެދުވެރި ނުކުރައްވާށި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ