24 ވަރުގަދަ ތިރީސް ފަހުލަވާނުންގެ ތެރޭގައި ޔުއާބުގެ ކޮއްކޮ އަސާހިލްއާއި ދޫދޫގެ ދަރި އަލްހާނާން ހިމެނެއެވެ. އޭނާއަކީ ބައިތުލަޙަމުގެ މީހެކެވެ.
އެވަގުތަކީ ސަރޫވިޔަތުގެ ދަރި ޔުއާބު ވެސް ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުންނާއެކު ޖިބްޢޫނުގެ ފެންގަނޑުގެ ކައިރިއަށް ދިޔަ ވަގުތެވެ. އެތަނުން އެމީހުންނާ އަބްނައިރުގެ ލަޝްކަރުގެ މީހުންނާ ކުރިމަތިވިއެވެ. މި ދެބައި މީހުން ފެންގަނޑުގެ ދެފަރާތުގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެން ތިއްބެވެ.
ސަރޫވިޔަތުގެ ތިން ދަރިން ކަމަށްވާ ޔުއާބުއާއި އަބީޝާއި އާއި އަސާހިލު ވެސް ދާއޫދުގެފާނުގެ މީހުންގެ ތެރޭގައި އައިސް ތިއްބެވެ. އަސާހީލަކީ ހަލުއި ފުއްލާއެއްހާ ބާރަށް ދުވާ މީހެކެވެ.
ޖޫބުގައި އަނެއްފަހަރު ފިލިސްޠީނުންނާ އިދިކޮޅަށް އަނެއް ހަނގުރާމަ ކުރެވުނެވެ. އެހަނގުރާމައިގައި ޔާއީރުގެ ދަރި އަލްހާނާ، ބައިތުލަޙަމުން އައިސް ހުރި ޖައްތީންގެ ޖުލިޔާތުގެ ކޮއްކޮ މަރާލިއެވެ. އޭރު އެ ބިޔަ މީހާ ހުރީ އަތްގުޅިނުކާވަރުގެ ކުނބެއް ހާ ފަލަ ލޮންސިއެއް ވެސް ހިފާފައެވެ.
އޭނާއަކީ ތިރީސް ފަހުލަވާނުންނަށް ވުރެން ވެސް ނަން އަރާފައިވާ މީހެކެވެ. އެކަމަކު އޭނާއެއް ވެސް މަޝްހޫރު ތިން ފަހުލަވާނުންގެ ތެރެއަކު ނުހިމެނެއެވެ. ދާއޫދުގެފާނު އެކަލޭގެފާނުގެ ހަށިރައްކާތެރިންގެ ވެރިޔަކަށް ބަނާޔާ ހެއްދެވިއެވެ.