Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 23:19 - ކިތާބުލް މުޤައްދަސާ

19 އަބީޝާއީ އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރުވެފައި ވިޔަސް އޭނާ ތިން ފަހުލަވާނުންގެ ތެރެއަކު ނުހިމެނެއެވެ. އޭނާ ހުރީ އެމީހުންގެ ވެރިޔަކަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 23:19
9 ပူးပေါင်းရင်းမြစ်များ  

އެއްފަހަރަކު ގޮވާންކަނޑާ މޫސުމުގައި ދާއޫދުގެފާނު ޢަދުއްލާމްގެ ހޮހަޅަ ކައިރީގައި ހުންނެވިއެވެ. އޭރު ފިލިސްޠީނުންގެ ފައުޖު ރަފާއީމްގެ ވާދީއަށް އައިސް ފޭލިގެ ޖަހައިގެން ތިއްބެވެ. ދާއޫދުގެފާނުގެ އެންމެ އަރިސް ތިރީސް އިސް ފަހުލަވާނުން ގެ ތެރޭން ތިން ފަހުލަވާނުން އެކަލޭގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ.


ދެން އެ ތިން ފަހުލަވާނުން ގޮސް އެތަނުގައި ތިބި ފިލިސްޠީނީން ފޫއަޅުވާލާފައި ބައިތުލަޙަމުގެ ބޮޑުދޮރާށި ކައިރީ ހުރި ވަޅުން ދާއޫދުގެފާނަށް އެރުވުމަށް ފެން ގެނެސްފިއެވެ. އެކަމަކު ދާއޫދުގެފާނު އެ ފެންފޮދު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ކުރެއްވި ޤުރުބާނީއެއްގެ ގޮތުގައި އެފެންފޮދު އޮއްސަވާލެއްވީއެވެ.


ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ.


ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ ޖާނު ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އުޅެބޮޑުވީ ޤަބްޞިއީލުގައެވެ. އޭނާ ވެސް އެފަދަ ހިތްވަރުގަދަ ކަންތައް ކުރިއެވެ. އޭނާ މުއާބުގެ ގަދަފަދަ ދެ ފަހުލަވާނުން މަރާލިއެވެ. އެއްދުވަހަކު ސްނޯ ފައިބަމުން ދިޔަ ވަގުތެއްގައި ވަޅުގަނޑެއްގެ ތެރޭ އޮތް ސިންގާއެއް ވެސް މަރާލިއެވެ.


އަނެކަކީ ދޫދޫގެ ދަރި އަލްޢާޒަރު އެވެ. އޭނާއަކީ އަޚޫޚީ ގަބީލާގެ މީހެކެވެ. އަލިޢާޒާރު އަކީ އޭގެ ތެރޭން އެކަކެވެ. ދާއޫދުގެފާނު ފިލިސްޠީނީންނާ ހަނގުރާމަ ކުރައްވަން ނުކުންނެވި ދުވަހަކު އިސްރާއީލީންގެ ސިފައިން ދުވެ ފިލީއެވެ.


ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.⁠“


އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި އެގަސްތަކުން ގޮވާން ލިބުނު. މި ގަސްތަކުން ތިރީސް ނޫނީ ފަސްދޮޅަސް ނޫނީ ސަތޭކަ ގުނަ އިތުރަށް ރަނގަޅު އޮށްތައް ލިބުނު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ