2 ޞަމޫއީލް 23:18 - ކިތާބުލް މުޤައްދަސާ18 ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ. အခန်းကိုကြည့်ပါ။ |
ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.“
އެވަގުތު ޢަމާސާއަކަށް ޔުއާބުގެ އަނެއް އަތުގައި އޮތް ޚަންޖަރެއް ނުފެނެއެވެ. ދެން ޔުއާބު ޢަމާސާގެ ބަނޑު ފަޅާލައިފިއެވެ. އެއާއެކު ޢަމާސާގެ ގޮހޮރު ބޭރަށް ނުކުމެއްޖެއެވެ. ޔުއާބު ދެ އެތިފަހަރެއް ނުޖަހަނީސް ޢަމާސާ މަރުވެގެން ވެއްޓިއްޖެއެވެ. ދެން ޔުއާބުއާއި އޭނާގެ ކޮއްކޮ އަބީޝާއިއާ ދެމީހުން ޝަބަޢަ ހޯދަން ނުކުމެއްޖެއެވެ.