2 ޞަމޫއީލް 23:16 - ކިތާބުލް މުޤައްދަސާ16 ދެން އެ ތިން ފަހުލަވާނުން ގޮސް އެތަނުގައި ތިބި ފިލިސްޠީނީން ފޫއަޅުވާލާފައި ބައިތުލަޙަމުގެ ބޮޑުދޮރާށި ކައިރީ ހުރި ވަޅުން ދާއޫދުގެފާނަށް އެރުވުމަށް ފެން ގެނެސްފިއެވެ. އެކަމަކު ދާއޫދުގެފާނު އެ ފެންފޮދު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ކުރެއްވި ޤުރުބާނީއެއްގެ ގޮތުގައި އެފެންފޮދު އޮއްސަވާލެއްވީއެވެ. အခန်းကိုကြည့်ပါ။ |
އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.
ތިޔަބައިމީހުން މާތްކަލާނގެއާ މެދު އޮންނަ އީމާންކަމަކީ ތިޔަބައިމީހުން އެކަލާނގެއަށް ހުށަހަޅާ ޤުރުބާނީއާއި ޚިދުމަތް ފަދަ ކަމެކެވެ. އަހަރެންގެ ލޭ ވެސް އެޤުރުބާނީ އާއެކު ހުށަހަޅަން ޖެހިދާނެއެވެ. މިކަން މިމަގުން ހުރިނަމަވެސް އަހަރެންގެ ޙަޔާތުގެ އުފާތައް ތިޔަބައިމީހުންނާއިއެކުގައި ޙިއްސާ ކުރުމީ އަހަރެންނަށް ލިބޭ އުފަލެއްމެއެވެ.
ދެން އިސްރާއީލުގެ މީހުން މިޞްފާތަށް ގޮސް ވަޅުން ފެން ނަގައި ޤުރުބާނީއެއްގެ ގޮތުގައި އެ ފެން އޮއްސައި ހެދިއެވެ. އެދުވަހު އެމީހުން ތިބީ ރޯދައަށެވެ. އެމީހުން ބުނަމުން ގެންދިޔައެވެ. ”އަހަރެމެންނީ މާތްރަސްކަލާނގެ ކިބަޔަށް ފާފަ ކޮށްފައިވާ މީހުން.“ އެދުވަހު ޞަމޫއީލް ހުރީ މިޞްފާތުގައި އެމީހުންގެ އިސް ވެރިއެއްގެ ގޮތުގައެވެ.