2 ޞަމޫއީލް 23:15 - ކިތާބުލް މުޤައްދަސާ15 ދާއޫދުގެފާނު ރަށްމަތިން ހަނދުމަފުޅުވެ ނުހަނު ބޮޑަށް ފެންފޮދަކަށް ބޭނުންވިއެވެ. އެވަގުތު އެކަލޭގެފާނު ވިދާޅުވިއެވެ. ”ކޮންމެވެސް މީހަކު ބައިތުލަޙަމުގެ ދޮރާށިދޮށުގައި ހުރި ވަޅުން އަހަންނަށް ފެންފޮދެއް ގެނެސް ދޭނެ ނަމަ“ އެވެ. အခန်းကိုကြည့်ပါ။ |
ދެން އެ ތިން ފަހުލަވާނުން ގޮސް އެތަނުގައި ތިބި ފިލިސްޠީނީން ފޫއަޅުވާލާފައި ބައިތުލަޙަމުގެ ބޮޑުދޮރާށި ކައިރީ ހުރި ވަޅުން ދާއޫދުގެފާނަށް އެރުވުމަށް ފެން ގެނެސްފިއެވެ. އެކަމަކު ދާއޫދުގެފާނު އެ ފެންފޮދު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ކުރެއްވި ޤުރުބާނީއެއްގެ ގޮތުގައި އެފެންފޮދު އޮއްސަވާލެއްވީއެވެ.