Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 23:14 - ކިތާބުލް މުޤައްދަސާ

14 އެވަގުތު ދާއޫދުގެފާނު ހުންނެވީ ކިއްލާއެއް ކަހަލަ ފަރުބަދަ ތަކެއްގެ ތެރޭގައެވެ. ފިލިސްޠީނީންގެ ސިފައިން ތިބީ ބައިތުލަޙަމަށް ގަދަކޮށްގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 23:14
11 ပူးပေါင်းရင်းမြစ်များ  

އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ.


ފިލިސްޠީނީންނަށް އިސްރާއީލުގެ ވެރިޔަކަށް ދާއޫދުގެފާނު ހަމަޖެހުނު ކަމާއި މިހާރު އިސްރާއީލުގެ ރަސްކަލަކީ ދާއޫދުގެފާނު ކަމުގެ ޚަބަރު ލިބިއްޖެއެވެ. އެހެންވެ ފިލިސްޠީނުން ދާއޫދުގެފާނު އަވަހާރަކޮށްލުމަށް އެކަލޭގެފާނު ހުންނެވިތަނެއް ބަލާ ހޯދަން ފަށައިފިއެވެ. އެ ޚަބަރު ދާއޫދުގެފާނަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޖެރޫސަލަމުގެ ކިއްލާއަށް ވަޑައިގެންފިއެވެ.


ދެން ޖިބްއާ އަރާ ހަމަވާތަނުން ކަލޭގެފާނަށް ފިލިސްޠީނުންގެ ސިފައިންގެ ޖަގަހައަކާ ދިމާވާނެ. އަދި ނަބީ ބޭކަލުންތަކެއް މަޤާމުފުޅުން ފައިބައި ކަލޭގެފާނާ ބައްދަލު ކުރާނެ. އެބޭކަލުންގެ ކުރީގައި ތިބެ އޫދު ކުޅެ ތާރަޖަހައި، އޮނު ފުމެ، ބޮޑު އޫދު ކުޅެމުން ވަޖިދުވަމުން ބަޔަކު އަންނާނެ.


ފިލިސްޠީނުންގެ ލަޝްކަރުގެ ބަޔަކު މިހާރު މިޚްމާސްގެ ދެފަރުބަދަ ދޭތެރޭ އަޑިމަގު ހުރަސްކޮށް ކުރިއަށް ދާން ފަށައިފިއެވެ.


އެމީހުން ގޮވަމުން ދިޔައެވެ. ”⁠ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.⁠“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ.


ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”⁠ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.⁠“


ދާއޫދު ޖައްތުން ފިލައިގެން ޢަދުއްލާމްގެ ފަރުބަދައެއްގެ ހޮހޮޅައަކަށް ވަދެއްޖެއެވެ. މި ޚަބަރު އޭނާގެ އާއިލާއަށް އިވުމުން އެމީހުން ދާއޫދުގެ ގާތަށް އަތުވެއްޖެއެވެ.


ދެން ދާއޫދު އެގޮތުގެ މަތިން ޝާއުލްގެފާނު ކުރިމަތީ ހުވާކޮށްފި އެވެ. ޝާއުލްގެފާނު ރަށަށް އެނބުރިވަޑައިގެންފި އެވެ. ދާއޫދުއާއި އޭނާގެ މީހުން ފިލާތިބި ތަނަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ