Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 23:10 - ކިތާބުލް މުޤައްދަސާ

10 އެކަމަކު އަލްޢާޒަރު ވަރުބަލިވެ ލޮޑުވީ އިރު ވެސް އަތުން ކަނޑި ދޫކޮށް މައިދާން ދޫކޮށެއް ނުލިއެވެ. އޭނާ އެގޮތުގައި ފިލިސްޠީނީންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. އެދުވަހު މާތްރަސްކަލާނގެ އިސްރާއީލީންނަށް ވަރަށް ބޮޑު ކާމިޔާބެއް ދެއްވިއެވެ. އަލްޢާޒަރު ހަނގުރާމަ ފަތަޙަ ކުރިފަހުން މީހުން އެތަނަށް ދިޔައީ މަރުވެފައިތިބި މީހުންގެ ތަކެތި ނެގުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 23:10
20 ပူးပေါင်းရင်းမြစ်များ  

އެކަމަކު ޝައްމާ ދަނޑުމެދުގައި ހުޝިޔާރު ކަމާއެކު ދިފާއު ކުރަން ހުއްޓެވެ. އޭނާ ފިލިސްޠީނުން ބަލި ކޮށްލިއެވެ. އެދުވަހު ވެސް އިސްރާއީލީންނަށް މާތްރަސްކަލާނގެ ނަސްރު ދެއްވިއެވެ.


ޝާއުލް ވިދާޅުވިއެވެ. ”⁠މިއަދު އެކަކު ވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.⁠“


އެ ދުވަހު މާތްރަސްކަލާނގެ އިސްރާއީލުންނަށް ނަސްރު ދެއްވައި ހަނގުރާމަ ބައިތު އާވިން ފަހަނަޅައި ދިޔައެވެ.


ޔޫނަތައިން ހަތިޔާރު އުފުލާ މީހާގެ ގާތު ބުންޏެވެ. ”⁠ހިނގާ މިތިބަ ޚިތާނު ނުކުރާ މީހުންނަށް ހަމަލަ ދޭން. މާތްރަސްކަލާނގެ ހިންމަވައި ދެއްވައިފިނަމަ އަހަރެމެންގެ ދެމީހުން އެކަނި ދިމާކޮށްލިޔަސް ކާމިޔާބު ވެދާނެ. އެހެނީ ކާމިޔާބު ވަނީ ލަޝްކަރުގެ ކުޑަ ބޮޑުމިނަކުން ނޫން. މާތްރަސްކަލާނގެ އެހީތެރިވެ ވޮޑިގެންފިނަމަ ކިތަންމެ މަދު ބަޔަކަށް ވެސް ކިތަންމެ ބޮޑު ލަޝްކަރެއް ވެސް ބަލި ކޮށްލެވިދާނެ.⁠“


އިސްރާއީލީން އެމީހުން ފައްސާލާފައި އައިސް ފިލިސްޠީނުގެ ފޭލިގެތައް ލޫޓުވައިފިއެވެ.


އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ