9 އެކަލާނގެ ނޭފަތްޕުޅުން ދުން އަރައިގަތެވެ. އަނދަމުން ދިޔަ އަލިފާންނާއި ހުޅުގަނޑެއް އަނގަފުޅުން ނުކުތެވެ. އަނދައަނދައި ހުރި އަނގުރު އަލިފާންގަނޑެއް ރޯވެގަތެވެ.
އެކަލާނގެ އަލިގަދަ އުޖާލާ ކަމުގެ ތެރޭން އަލިފާން ކެނޑެމުން ދިޔައެވެ.
ފުންކަނޑުގެ އަޑި ފާޅުވެގެން ދިޔައެވެ. ބިމުގެ ބިންގާ ހާމަވެގެން ދިޔައެވެ. މާތްރަސްކަލާނގެ އަޑުފުޅުގެ ގަދަކަމުންނެވެ. އެކަލާނގެ ނޯށްފުޅުން ގަދަފަދަ ކޯފާގެ ނޭވާފުޅެއް ލެއްވެމުންނެވެ.
މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.
އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ.
އެހެނީ އަހަރެމެންގެ އިލާހަކީ ފަނާކުރަނިވި އަލިފާނެއް ފަދަ ކަލެކެވެ!