6 ގަބުރުގެ ވާވެލާވެލި މިއަޅާގެ ހަތަރު ފަރާތުން ވަށާލިއެވެ. މިއަޅާ މަރުގެ ތުންފަތް މައްޗަށް އެއްލާލެވުނެވެ.
ޙިކުމަތުގެ އިރުޝާދަކީ ދިރިއުޅުމުގެ ފައްވާރާއެވެ. އެއިން ފެން ބޯ މީހާއަށް ޙަޔާތުގައި ނުރައްކަލެއް ނެތެވެ.
މާތްރަސްކަލާނގެއަށް ބިރުވެތިވުމަކީ ދިރުން ލިބޭ ފައްވާރާއެކެވެ. އެކަމުން ތިމާއަށް ވަސްވާހާއި މަރުން ސަލާމަތްކަން ލިބިދެއެވެ.
ފާހިޝް ނުބައި މީހުންގެ ފާފަތަކަކީ ދަންތުރައެކެވެ. އޭގައި ބެދޭނީ ވެސް ހަމަ އެމީހުންނެވެ.
”މިއަޅާ ފުންކަނޑުގެ ކަށްވަޅުގައި މަރުގެ ތުންފަތްމަތީ މި މުސީބާތުގައި ވީ ހިނދު ތިޔަ މަތިވެރި ކަލާނގެއަށް ދުޢާ ދެންނެވީމު. އިނބަރަސްކަލާނގެ އެދުޢާ އައްސަވައި ވޮޑިގަންނަވައި އިޖާބަ ކުރެއްވީމު.
ޖެރޫސަލަމުގެ ވަށައިގެން ދުޝްމިނުންގެ ފައުޖުތައް ވާތަން ފެނުމުން އެރަށުގެ ނިމުން ކައިރި ވީ ކަން ކަލޭމެންނަށް އެނގޭނެ.
އެހެންނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. އެއީ އެކަލޭގެފާނުގެ މައްޗަށް މަރަކަށް ބާރެއް ނުފޯރުވޭނެ.