2 ޞަމޫއީލް 22:48 - ކިތާބުލް މުޤައްދަސާ48 މިއަޅާގެ އަދާވާތްތެރިންނަށް ސަޒާ ދެއްވީ އެކަލާނގެއެވެ. އަދި މިއަޅާގެ އަތްދަށަށް ޤައުމުތައް ގެނެސް ދެއްވީވެސް އެކަލާނގެއެވެ. အခန်းကိုကြည့်ပါ။ |
ދެން އެމީހުން އިޝްބޫސަތުގެ ބޯ ބުރި ހިފައިގެން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނުގެ ގާތަށް އަތުވެއްޖެއެވެ. އައިސް އެމީހުން ރަސްގެފާނަށް ދެންނެވިއެވެ. ”ނިކަން ބައްލަވާ! މިއޮތީ ސާހިބު މަރާލަން އުޅުއްވި އަދާވާތްތެރިޔާ ޝާއުލްގެފާނުގެ ދަރިކަލުންގެ ބޯ! މިއަދު މާތްރަސްކަލާނގެ ޝާއުލްގެފާނުގެ އާއިލާގެ ކިބައިން ކަލޭގެފާނަށް ބަދަލު ހިއްޕަވާ ދެއްވައިފި!“
ދާއޫދަށް މިޚަބަރު ލިބުމުން ބުންޏެވެ. ”ޙަމްދު ހުރީ މާތްރަސްކަލާނގެއަށް އެހެނީ އަހަރެންގެ އަތުން އޭނާ މަރު ގަންނަވާނެ ގޮތް މެދުވެރި ނުކުރައްވައި އޭނާ ކުރި ނުބައި ކަންތަކާއި ކުރި މަލާމާތްތަކަށް ޙައްޤު ސަޒާ އެކަލާނގެ އޭނާއަށް ދެއްވައިފި.“ ދެން ދާއޫދު އަބީޖާއިލްގެ ގާތަށް އޭނާއާ ކައިވެނި ކުރުން އެދި މީހަކު ފޮނުވައިފިއެވެ.