Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 22:44 - ކިތާބުލް މުޤައްދަސާ

44 މިއަޅާގެ އަމިއްލަ ޤައުމުގެ ދެކޮޅުވެރިންގެ އަތްދަށުން މިއަޅާ ސަލާމަތް ކުރެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާއަކީ އެ ޤައުމުތަކުގެ ވެރިޔަކަށް އިނބަރަސްކަލާނގެ ހެއްދެވިއެވެ. މިއަޅާ ނުވެސް ދަންނަމީހުން އެވަނީ މިއަޅާގެ ޚިދުމަތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 22:44
26 ပူးပေါင်းရင်းမြစ်များ  

މި ބަސްތަކުން ދާއޫދުގެފާނު ޔަހޫޛާގެ އެންމެހައި މީހުންގެ ހިތްތައް އަތުލައްވައިފިއެވެ. އެހެންވެ އެ އެންމެން އެކު އެކީގައި މިކަމާ ރުހިއްޖެއެވެ. އެހެނީ އެއެންމެނަކީ ވެސް އެއްބައެކެވެ. ޔަހޫޛާގެ މީހުން ދާއޫދުގެފާނަށް ޚަބަރު ފޮނުވައިފިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނާއި ކަލޭގެފާނުގެ އެންމެން އެނބުރި ވަޑައިގަންނަވާ!⁠“


އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”⁠އަހަރެމެން ފިލިސްޠީނީންނާއި އެނޫން ވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ.


އެ ބުއްދިވެރި އަންހެން މީހާ ގޮސް ސަހަރުގެ މީހުން ގާތު މިވާހަކަ ބުނެފިއެވެ. ދެން އެމީހުން ބިކްރީގެ ދަރި ޝަބަޢަގެ ބޯ ކަނޑާފައި ޔުއާބުގެ ކުރިމައްޗަށް ފާރު މަތިން ވައްޓާލައިފިއެވެ. އެހެންވެ ޔުއާބު ތާޅަފިލި ފުމެލައިފިއެވެ. ދެން ހަނގުރާމަވެރިންގެ ފައުޖުގެ މީހުން އެ ސަހަރު ދޫކޮށް އެނބުރި ގެޔަށް ހިނގައްޖެއެވެ. ޔުއާބު ރަސްގެފާނުގެ ގާތަށް ޖެރޫސަލަމަށް ހިނގައްޖެއެވެ.


ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދެ އާއިލާ ދެމެދު މި ފެށުނު ހަނގުރާމަ ދިގު މުއްދަކަށް ދެމިގެން ދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް ދާއޫދުގެފާނުގެ ބާރު ފުޅު ގަދަވެ ޝާއުލްގެފާނުގެ އާއިލާ ބަލިކަށިވަމުން ދިޔައެވެ.


އިސްރާއީލުގެ ހުރިހާ ގަބީލާއަކުން ދާއޫދުގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އެމީހުން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މީ ކަލޭގެފާނާ އެއް ލޭ ހިނގާ ކަލޭގެފާނުގެ އާއިލާގެ މީހުން.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ