37 މިއަޅާގެ ފައިތިލަ ބަހައްޓާނެ މަގު ފުޅާ ކުރައްވައި ގަދަކުރެއްވީ، މިއަޅާ ކައްސާލައިގެން ދިޔަ ނުދެއްވުމަށެވެ.
އެކަލާނގެ މިއަޅާ ހާމަ ބިމަށް ގެންނެވިއެވެ. އެކަލާނގެ މިއަޅާ ސަލާމަތްކޮށްދެއްވީ މިއަޅާދެކެ ރުހިވޮޑިގަންނަވާތީއެވެ.
އެ ބުއްދީގެ ބޭނުން ހިފައިގެން ކަލޯ ކުރިޔަށް ހިނގާނަމަ އެމަގެއްގައި ހުރަހެއް ނުހުންނާނެއެވެ. ކަލޯ އަޅައިގަނެ ވެއްޓޭނެ ގަލެއް ނުހުންނާނެއެވެ.
އެކަލާނގެއަށް ވަފާތެރިވާ ބައެއްގެ ފިޔަވަޅުތައް ރައްކާތެރި ކުރައްވާނެ. ނުބައިވެގެންވީ މީހުން އަނދިރިކަމުގެ ތެރޭގައި ފަނާ ކުރައްވާނެ. އެކަކަށް ވެސް އޭނާގެ އަމިއްލަ ބާރުގައި ކާމިޔާބު ވުމެއް ނުވޭ.