Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 22:31 - ކިތާބުލް މުޤައްދަސާ

31 މާތްކަލާނގެ އަކީ އެންމެ ފުރިހަމަ ކަލާނގެއެވެ. މާތްރަސްކަލާނގެ ބަސްފުޅާ މެދު އިތުބާރު ކުރެވޭނެއެވެ. އެކަލާނގެ ރައްކާތެރި ކަން ދެއްވަނީ އެކަލާނގެއަށް އިތުބާރު ކުރާ ބަޔަކަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 22:31
18 ပူးပေါင်းရင်းမြစ်များ  

އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. މިއަޅާއަށް ރައްކާ ތެރިކަން ދެއްވާ ހިލައެއް ފަދައިން އެކަލާނގެ މިއަޅާއަށް ނިވާކަން ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އައްޑަނައެވެ. މިއަޅާއަށް ހަމަލައެއް އަންނަ ކޮންމެ ވަގުތަކު އެ ހަމަލައަކުން މިއަޅާ ސަލާމަތް ކޮށް ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އުސް ކިއްލާއެވެ. މިއަޅާއަށް ރައްކާތެރިކަން ލިބޭ ޖަގަހައެވެ. އަނިޔާވެރި ދުޝްމަނުންގެ ކިބައިން އެކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ.


މާތްކަލާނގެ އެންގެވި ހުރިހާ ބަސްފުޅުތަކެއް ވެސް ތެދެވެ. އެކަލާނގެ ކިބަފުޅުން ވާގިއެދިގެން އަންނަ މީހާއަށް އެކަލާނގެ ރައްކާތެރިކަން ދެއްވައެވެ.


ނަމަވެސް ތިޔަބައިމީހުން ވާންޖެހޭނީ ފުރިހަމަ ބައެއްގެ ގޮތުގައި. އެހެނީ ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ފުރިހަމަކަމާއި އެއްގޮތަށް.⁠“


އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ