Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 22:2 - ކިތާބުލް މުޤައްދަސާ

2 މާތްރަސްކަލާނގެއަކީ މިއަޅާގެ ރައްކާތެރި ކަމުގެ ހިލައެވެ. މިއަޅާގެ ކިއްލާއެވެ. މިއަޅާ ނަޖާކޮށްދެއްވާ ކަލާނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 22:2
15 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ފިޔަވައި އެހެން ކަލެއް ނުވެއެވެ. މާތްކަލާނގެ ނޫން އެހެން ގަލެއް ވެސް ނުވެއެވެ.


މާތްކަލާނގެ އަކީ މިއަޅާގެ ގަދަފަދަ ކިއްލާއެވެ. މިއަޅާ ހިނގާ މަގު ސާފު ސީދާ ކުރައްވަނީ އެކަލާނގެއެވެ.


އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ’⁠އިސްރާއީލުންގެ ހިލަ⁠‘ އަހަންނަށް އެންގެވިއެވެ. ’⁠އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ.


މާތްރަސްކަލާނގެ ނަންފުޅު ވަރުގަދަ ކިއްލާއެއް ފަދައެވެ. އެހެނީ އެ ކިއްލާއަށް ދުވެ ގޮސް ވަންނަ ސާލިހަކަށް ރައްކާތެރިކަން ލިބިގެންވެއެވެ.


އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.


އިނބަރަސްކަލާނގެ ފިޔަވައި މުޤައްދަސް ވަންތަ ކަލަކު ނުވޭ. އިނބަރަސްކަލާނގެ ފިޔަވައި ރައްކާތެރިކަމުގެ ނިވަލެއް ދެވޭނެ އެހެން ފަރާތެއް ނުވޭ.


ޝާއުލްގެފާނަށް ދާއޫދު ވީ މަޢޫނުގައި ކަން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ސިފައިން އެތަނަށް ދާން ތައްޔާރު ވެއްޖެއެވެ. އެކަމަކު މި ޚަބަރު ދާއޫދަށް އިވުމުން އޭނާ މަޢޫނު ސަހަރާގައި ފިލާ ހުރެވޭނެ ހިލައެއްގެ ފުރަގަހަށް ހިނގައްޖެއެވެ. ޝާއުލްގެފާނަށް ދާއޫދު ވީތަން އެނގުމުން މައޫން ސަހަރާއާ ދިމާއަށް ވަޑައިގަންނަވަން ފައްޓަވައިފިއެވެ.


ދެން ޝާއުލްގެފާނު އިސްރާއީލުގެ ތެރޭން ހޮވައިގެން ގެންނެވި ކުޅަދާނަ ތިންހާސް ފަހުލަވާނުންނާ އެކު އެހިސާބުގައި ”⁠އޮންނަ ވަލު ބަކަރިތަކުގެ ގާ⁠“ އޭ ކިޔާ ހިސާބު ހޯއްދަވަން ފައްޓަވައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ