15 އެކަލާނގެ ތީރުތައް ދުޝްމިނުންގެ މައްޗަށް އޮއްސަވައިގެންފިއެވެ. އެއާއެކު އެމީހުން ބުރަބުރައިގެން ދިޔައެވެ. އެކަލާނގެ ހޮނުއެޅުއްވުމުން މީހުން ބިރުން ދުއްވައިގަތެވެ.
ފިލިސްޠީނުގެ މީހުން ހަނގުރާމައަށް އައިސް ކައިރިވެގަތެވެ. އޭރު ޞަމޫއީލް ޤުރުބާނީ ހުށަހަޅަމުން ދަނީއެވެ. އެވަގުތު މާތްރަސްކަލާނގެ އުޑުން ގަދަފަދަވެގެންވާ ގުގުރިއެއްގެ އަޑު އިއްވަވައިފިއެވެ. އެއާއެކު ފިލިސްޠީނު މީހުން ބިރުން ވިއްސިވިހާލި ވެއްޖެއެވެ.