Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:9 - ކިތާބުލް މުޤައްދަސާ

9 މި ހަތް މީހުން ދާއޫދުގެފާނު ޖިބްއޫނީންނާ ހަވާލު ކުރައްވައިފިއެވެ. ޖިބްއޫނީންގެ މީހުން އެމީހުން ގޮވައިގެން ޖިބްއަތު ފަރުބަދަ މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން މާތްރަސްކަލާނގެ ކުރިފުޅުމަތީ ދަންޖައްސާލެވިއްޖެއެވެ. އެ ހަތްމީހުން އެއްފަހަރާ މަރުވެއްޖެއެވެ. މިކަންތައް ހިނގީ ބަހާރުމޫސުމުގައި ބާރުލީ ގޮވާން ކަނޑާ ދުވަސްވަރު އައިތަނާ ކާރީގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:9
13 ပူးပေါင်းရင်းမြစ်များ  

އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.⁠“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.⁠“


ދާއޫދުގެފާނު އެ ފޮށިކޮޅު ބަހައްޓަން ހައްދަވާފައިވާ ފޭލިގެކޮޅުގައި އިސްރާއީލީން އައިސް އެ ފޮށިކޮޅު ބަހައްޓައިފިއެވެ. އެތަނުގައި ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އެންދުމުގެ ޤުރުބާނީއާއި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރެއްވިއެވެ.


ދާއޫދުގެފާނު މީކާލްއަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިކަމަށް ގެންނެވި މީހަކީ އަހަރެން. ކަލޭގެ އާއިލާގެ މީހަކަށް ނޫން ވެރިކަން ދެއްވީއަކީ. އެހެންވީ އިރު އެކަލާނގެ ކުރިފުޅުމަތީ އަހަރެން ނަށައި އެކަލާނގެއަށް މަރުހަބާ އަދާ ކޮށް އުފާ ފާޅު ކުރުމަކީ މަސްއަލައެއްތަ؟


ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.


އޭރު ހުރިހާ ބާރުލީއަކާއި އަދި ޝައީރުތައް ހުރީ ފޯދިފައެވެ. އެހެންކަމުން މިހުރިހާ އެއްޗެއް ވެސް ފަނާވެ ނެތިދިޔައެވެ.


އެކަމަކު އޭރަކު އަދި ގޮދަން ކުރާތަކެއް ނުފޯދެއެވެ. އެހެންކަމުން އެއަކަށް ގެއްލުމެއް ނުވެއެވެ.


ނުޢުމީއާއި މުއާބީންގެ ދަނބިދަރި ރާޢޫތު މުއާބު ދޫކޮށް ބައިތުލަޙަމް އަށް އައިއިރު ގޮދަންކަނޑާ މޫސުން ހަމަ ކިރިޔާ ފެށުނީއެވެ.


އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން އަންހެނުންގެ އަތުން ދަރިން އަތުލައިގަނެ މަރާލި ފަދައިން ކަލޭގެ މަންމަގެ ވެސް ދެނެއް ދަރިޔަކު ނުހުންނާނެ.⁠“ ދެން ޞަމޫއީލްގެފާނު ޖިލްޖާލުގެ ޤުރުބާނީ އަށީގެ ކުރިމަތީގައި އަޖާޖް ކުދިކޮށް ކޮށްޓަވައި ލެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ